ސިނަމާލެ ފްލެޓުތައް ތަޅާލައި 1,500 ހައުސިން ޔުނިޓު އަޅަނީ

ސިނަމާލެ ފްލެޓްތައް; އެތަން ތަޅާލާ, އަލުން އިމާރާތް ކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފައި -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިނަމާލެ ފްލެޓްތައް; އެތަން ތަޅާލާ, އަލުން އިމާރާތް ކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފައި -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިނަމާލެ ފްލެޓުތައް ތަޅާލައި އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން 1,500 ހައުސިން ޔުނިޓު ގާއިމު ކުރުމުގެ މަޝްރޫއުއެއް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

ސިނަމާލެ ފްލެޓްތަކަށް 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު, އެތަން ވަނީ ވަރަށް ބޮޑަށް ބާވެ ވީރާނާވެފަ އެވެ. އެކަމާ ގުޅިގެން ސުވާލު ކުރުމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "އަދަދު" އަށް ވިދާޅުވީ އޭގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތަނުގެ މަރާމާތަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށެވެ. އަދި, ސިނަމާލެ ފްލެޓްތައް މަރާމާތު ކުރުމަކީ އެއީ ދާއިމީ ހައްލެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އޭގެ ވާންޖެހޭނެ ގޮތަކީ އާ އިމާރާތެއް އަޅާ, އާ ފްލެޓްތަކެއް ހަމަޖެހިގެން ދިއުން" މުއިއްޒު ވިދާޅުވި އެވެ.

އެކަމަށްޓަކައި ސިޓީ ކައުންސިލުން ވަނީ އެ މަސައްކަތް ކުރުމަށް ޑިވެލޮޕާ ފައިނޭންސް މޮޑެލުގެ ދަށުން އިންވެސްޓަރުން ހޯދުމަށް އިއުލާން ކޮށްފަ އެވެ.

ސިނަމާލެ ފްލެޓްތައް; އެތަން ވަރަށް ބޮޑަށް ބާވުމުގެ ސަބަބުން ތަޅާލަން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައި -- ފޮޓޯ: ޝާބިން/ އަދަދު
ސިނަމާލެ ފްލެޓްތައް; އެތަން ވަރަށް ބޮޑަށް ބާވުމުގެ ސަބަބުން ތަޅާލަން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައި -- ފޮޓޯ: ޝާބިން/ އަދަދު

ސިނަމާލެ ފްލެޓްތައް; އެތަން ވަރަށް ބޮޑަށް ބާވުމުގެ ސަބަބުން ތަޅާލަން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައި -- ފޮޓޯ: ޝާބިން/ އަދަދު

ސިނަމާލެ އަދި މާލެ ހިޔާގެ ފަސް އިމާރާތުގައި ގާތްގަނޑަކަށް 128 ޔުނިޓު ހުރިއިރު, އަލަށް އިއުލާނުކޮށްފައިވާ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އަޅާ އިމާރާތުގައި ވެސް އެ އަދަދަށް ޔުނިޓު ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސިނަމާލެ ފްލެޓްތައް ތަޅާލާއިރު, އެ ފްލެޓްތަކަށް ފައިސާ ދައްކާ އަމިއްލަ ކޮށްފައިވާ ފަރާތްތަކަށް އާ ފްލެޓެއް ލިބިގެންދާނެ އެވެ. އަދި, ފައިސާ ދައްކާ ނުނިމި ތިބި މީހުންނަށް ލިބޭ އާ ފްލެޓަށް ދައްކަން ޖެހޭނީ ސިނަމާލެ ފްލެޓުގެ އަގުން ނުދެއްކި ހުރި ބާކީ އެވެ.

މަޝްރޫއުގެ ތަފްސީލުތައް

އަލަށް އިއުލާނުކުރި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ޓަވަރުގައި 700 ހައުސިން ޔުނިޓު ގާއިމުކުރާނެ އެވެ. އަދި, ދެވަނަ ފިޔަވަހީގައި އަޅާ ފަސް އިމާރާތުގައި 800 ޔުނިޓު ހުންނާނެ އެވެ.

ދެ ވައްތަރެއްގެ ޔުނިޓުތައް މި މަޝްރޫއުގެ ދަށުން ގާއިމުކުރާނެ އެވެ. އެއީ, ސްޓޭންޑާޑް ޔުނިޓުތަކާއި ޕްރީމިއަމް ޔުނިޓުތަކެވެ.

ސްޓޭންޑާޑް ޔުނިޓުތަކަކީ މިޑް ރޭންޖު ހައުސިންއަށް ހާއްސަކޮށްގެން ގާއިމުކުރާ 800 އަކަފޫޓަށް ވުރެ ކުޑަނުވާ ގޮތަށް ގާއިމުކުރާ ޔުނިޓުތަކެކެވެ. އެ ޔުނިޓުތަކުގައި ތިން ކޮޓަރި އާއި ތިން ފާހާނަ އަދި ސިޓިން ރޫމަކާއި ބަދިގެއެއް ހުންނާނެ އެވެ. މިވަރުގެ 300 އާއި 350 އާ ދެމެދުގެ އަދަދަކަށް ޔުނިޓު ގާއިމުކުރާނެ އެވެ.

ޕްރީމިއަމް ޔުނިޓުތަކަކީ އަގު ބޮޑުކޮށް ވިއްކުމަށް ގާއިމުކުރާ ހައި އެންޑް ޔުނިޓުތަކެކެވެ. އެ ޔުނިޓުތަކުގައި ތިން ކޮޓަރި އާއި ތިން ފާހާނަ އަދި ސިޓިން ރޫމަކާއި ބަދިގެއެއް ހުންނާނެ އެވެ. އެހެން ނަމަވެސް, ސްޓޭންޑާޑް ޔުނިޓުތަކާ ހިލާފަށް މި ޔުނިޓުތަކުގެ ފިނިޝިން ހުންނާނީ މޮޅުކޮށް ތަފާތުކޮށެވެ. މީގެ 150 އާއި 200 އާ ދެމެދުގެ ޔުނިޓު ގާއިމުކުރާނެ އެވެ.

ފްލެޓްތައް އަޅާއިރު, އެތަނުގައި އިތުރު ހިދުމަތްތައް ވެސް ގާއިމް ކުރާނެ ކަމަށެވެ. އަދި 2000 ސައިކަލާއި, 500 ކާރު ޕާކު ކުރާނެ ޖާގަ ވެސް ހުންނާނެ އެވެ. ހަމައެހެންމެ, ސުޕަމާކެޓުތަކާއި, ފިހާރަތަކާއި, އޮފީސްތަކަށް ބޭނުންވާ ޖާގަ ވެސް ހުންނާނެ އެވެ. އަދި, ކެފޭ ރެސްޓޯރަންޓާއި ޖިމް ހިންގުމަށް ވެސް ޔުނިޓުތައް ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox