މޭރީގެ ކަރުގައި ދަން ޖެހުމުގެ ނިޝާނެއް ނެތް، ލަމްހާ ދިން ކަމަށް ބުނާ ބޭސްތަކުގެ ނަތީޖާ ކިޔައިދީފި

މޭރީ އަދި އޭނާގެ ފިރިމީހާ މާވިން؛ މޭރީ ދަންޖެހުނު ކަމަށް މާވިން ބުންޏަސް ދަންޖެހުމުގެ ނިޝާނެއް ކަރުގައި ނެތް ކަމަށް ފަރުވާ ދިން ޑޮކްޓަރުން ބުނެފި

މޭރީ އަދި އޭނާގެ ފިރިމީހާ މާވިން؛ މޭރީ ދަންޖެހުނު ކަމަށް މާވިން ބުންޏަސް ދަންޖެހުމުގެ ނިޝާނެއް ކަރުގައި ނެތް ކަމަށް ފަރުވާ ދިން ޑޮކްޓަރުން ބުނެފި

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް ދަން ޖެހިފައި ހުއްޓައި ފެނުނު ކަމަށް އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ރިޕޯޓް ކުރި ނަމަވެސް މޭރީގެ ކަރުގައި ދަން ޖެހުމުގެ ނިޝާނެއް ނެތް ކަމަށް އޭނާއަށް ފަރުވާ ދިން ޑޮކްޓަރުން ޝަރީއަތުގައި ބުނެފި އެވެ.

އޭނާ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު އޭނާ މަރާލުމުގެ ދައުވާ ފިރިމީހާ މާވިންގެ މައްޗަށް އުފުލާފައިވާއިރު، މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.

މި މަރުގެ މައްސަލައިގައި، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި މި ދުވަސްވަރު ގެންދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. މިއަދު ވެސް ތިން ހެކިންގެ ހެކިބަސް ނެގިއިރު، ދެ ހެކިންނަކީ މޭރީއަށް ފަރުވާ ދިން ޑޮކްޓަރުންނެވެ.

Advertisement

މޭރީ އައިޖީއެމްއެޗަށް ގެނައުމުން އެމަޖެންސީ ޑިޕާޓްމަންޓުން އޭނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވީ ތިން ޑޮކްޓަރުންނެވެ. އެއިން އެކަކު މިދިޔަ ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދިނެވެ. ބާކީ ދެ ޑޮކްޓަރުން މިއަދު ހެކިބަސް ދިން އިރު، ތިން ޑޮކްޓަރުންގެ ހެކިބަހުގައި ވެސް ކަރުގައި ދަން ޖެހުމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް އިއްތިފާގުވެ އެވެ.

ފަރުވާ ދިނުމުގައި އިސްކޮށް އުޅުނު ޑޮކްޓަރު މިއަދު ހެކިބަސް ދެމުން ބުނީ، ކުއްލި ހާލަތުގައި ގެންނަ ބަލިމީހަކަށް ފަރުވާ ދިނުމުގެ ކުރިން އޭނައަށްވި ގޮތް ސާފު ކުރުން މުހިންމު ވާތީ މޭރީގެ ހަށިގަނޑު ގެނައި އިރު އެ ތަނުގައި ހުރި މާވިން ކައިރިން އެ ކަންކަން ސާފު ކުރި ކަމަށެވެ.

މާވިނާ ހަވާލާދީ، ޑޮކްޓަރު ބުނީ އެ ދެ މީހުންގެ މެދުގައި ޒުވާބެއް ހިނގައިގެން ކުޑަ ވަގުތުކޮޅަކަށް މާވިން ބޭރަށް ޖެހިލި ކަމަށެވެ. އަދި, އަނބުރާ އައި އިރު މޭރީ ބެޑްޝީޓެއް ކަރުގައި އަޅައިގެން ދަން ޖެހިފައި ހުއްޓާ ފެނުނީ ކަމަށް މާވިން މައުލޫމާތު ދީފައިވާ ކަމަށް ޑޮކްޓަރު ބުންޏެވެ.

"ގެނައި އިރު މޭރީގެ އެއްވެސް ހަރަކާތެއް ނެތް، ވިންދެއް ނެތް، ނޭވާއެއް ނުލާ، އެހެންވެ ވަގުތުން މޮނިޓަރިންނަށް ގުޅައި، ލޭ ދައުރުވާ ގޮތް ބަލައި، އެލެކްޓްރިކް ޝޮޓް ވެސް ހަނދާން ވަނީ ދެ ފަހަރަކު ދިން،" ފަރުވާ ދެމުން ދިޔައީ ދަން ޖެހިގެން އައި މީހެއް ގޮތަށް ދެކިގެން ކަމަށް ޑޮކްޓަރު ކިޔައިދިނެވެ.

ދަން ޖެހުމުގެ ނިޝާނެއް މޭރީގެ ކަރުން ފެންނަން ނެތް ކަމަށާއި، އޭނާގެ މޫނު ނޫގަންފައި އޮތުމުން އެއީ ނޭވާ ހާސްވެގެން ވާނެ ގޮތް ކަމަށް ޑޮކްޓަރުގެ ތަޖުރިބާއިން ބުންޏެވެ. މަރުވި ސަބަބު އެނގޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމަށް ވާތީ އައިޖީއެމްއެޗަށް އެ ސަބަބު ބަޔާން ނުކުރެވޭނެ ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.

ލަމްހާ ބޭނުންކުރި ކަމަށް ބުނާ ބޭސްތަކުގެ ނަތީޖާއަކީ ނޭވާ ހުއްޓުން

ފުލުހުން ތަހުގީގު ކުރިއަށް ގެންދިޔައިރު ލަމްހާގެ ކޮޓަރިން ފެނުނު ކަމަށް ބުނާ ބޭސްތައް، މޭރީއަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރަށް ދެއްކި އެވެ. އަދި, ބޭސްތަކާ ގުޅޭ ގޮތުން ވެސް ޑޮކްޓަރު ފުލުހަށް ބަޔާނެއް ދީފައިވެ އެވެ.

ދައުލަތުގެ ވަކީލުން މިއަދު ވަނީ އެ ބޭސްތަކާ ގުޅޭ ގޮތުން ޑޮކްޓަރުގެ ސިއްހީ ދާއިރާގެ އިލްމާއި ތަޖުރިބާއިން ޝަރީއަތަށް ބުނެދިނުމުގެ ގޮތުން ސުވާލުކޮށްފަ އެވެ.

ޑޮކްޓަރު ކިޔައިދިން ގޮތުގައި އެއް އެއް ބޭހަކީ ހޭ ނައްތަން ޖެހިއްޖެ ހާލަތެއްގައި ދެވޭ އިންޖެކްޝަނެކެވެ. އަނެއް ބޭހަކީ ލޭގެ ޕޮޓެންޝަލް ދަށްވާ ހާލަތުގައި ބޭނުންކުރާ ބޭހެކެވެ. ތިންވަނަ ބޭހަކީ ހިނދުކޮޅަކަށް ނިންދަވާފައި ހޭނައްތާލާނެ ބޭހެއް ކަމަށް ޑޮކްޓަރު ބުންޏެވެ.

މި ބޭސްތައް އެއް ފަހަރާ ދީފިނަމަ ނަތީޖާއަކީ ކޮބައިތޯ ދައުލަތުގެ ވަކީލު ސުވާލު ކުރުމުން ޑޮކްޓަރު ބުނީ 30 ސިކުންތާއި މިނެޓަކާ ދެމެދުގެ ވަގުތަކަށް ހޭނެތި ނޭވާލުން ހުއްޓޭނެ ކަމަށެވެ. އޭގެ ފަހުން ނިދިން ހޭއެރުމަށް މަސައްކަތްތަކެއް ކުރެވެން ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރު ބުންޏެވެ.

މައްސަލައިގެ ފަސްފަހަތް؛

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

މި ދައުވާތަކަށް ލަމްހާ އާއި މާވިން އިންކާރު ކުރުމުން، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. ދިފާއުގައި މާވިން އަދި ލަމްހާ ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox