މި އަހަރު މިހާތަނަށް 732 ކައިވެނި, 416 ވަރި

ފެމިލީ ކޯޓު. ފެމިލީ ކޯޓުން ވަނީ ކައިވެންޏާއި ވަރީގެ އިތުރުން ވެސް 713 އެހެނިހެން މައްސަލަ ބެލި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފެމިލީ ކޯޓު. ފެމިލީ ކޯޓުން ވަނީ ކައިވެންޏާއި ވަރީގެ އިތުރުން ވެސް 713 އެހެނިހެން މައްސަލަ ބެލި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިއަހަރު މިހާތަނަށް ފެމިލީ ކޯޓުން 732 ކައިވެންޏާއި 416 ވަރި ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށް އެ ކޯޓުން ހާމަކޮށްފި އެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ފެމިލީ ކޯޓުން ވަނީ ކައިވެންޏާއި ވަރީގެ އިތުރުން ވެސް 713 އެހެނިހެން މައްސަލަ ބަލާ ނިންމާފަ އެވެ. އޭގެ ތެރޭގައި އާއިލީ މައްސަލަތަކާއި, ހަރަދުގެ މައްސަލަތަކާއި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ހިމެނެ އެވެ.

މި އަހަރު ރަޖިސްޓްރީކުރި ކައިވެނި/ވަރީގެ ތަފާސްހިސާބު:

  • ޖެނުއަރީ: 195 ކައިވެނި, 127 ވަރި
  • ފެބްރުއަރީ: 178 ކައިވެނި, 98 ވަރި
  • މާޗް: 245 ކައިވެނި, 115 ވަރި
  • އޭޕްރީލް: 114 ކައިވެނި, 76 ވަރި

މި މުއްދަތުގެ ތެރޭގައި ފެމިލީ ކޯޓުން ވަނީ ވަރިއާ ބެހޭ ޖުމްލަ 556 މައްސަލަ ނިންމާފަ އެވެ. އޭގެ ތެރޭގައި ވަރިވުމަށާއި, ވަރި ކުރުމަށް އަދި ވަރި ސާބިތު ކުރުމަށް ހުށަހެޅި މައްސަލަތަކާއި ވަރިއާ މެދު ޝައްކުވެގެން ހުށަހެޅި މައްސަލަތައް ހިމެނެ އެވެ.

މިއަަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ފެމިލީ ކޯޓަށް ވަނީ ގެވެށި އަނިޔާގެ ޖުމްލަ 25 މައްސަލައެއް ހުށަހަޅާފަ އެވެ. އެ ކޯޓުން ވަނީ އޭގެ ތެރެއިން 17 މައްސަލައެއް ނިންމާފަ އެވެ.

ފެމިލީ ކޯޓުން ނިންމި އިތުރު މައްސަލަތަކަށް ބަލާލާއިރު, ބެލެނިވެރިކަމާއި ބަލަދުވެރިކަން, ވަލީ ހޯދުން, ސުލްހަ ކުރުން, މަރު ސާބިތު ކުރުން އަދި ހުކުމް ތަންފީޒު ކުރުން ހިމެނޭހެން ޖުމްލަ 63 މައްސަލައެއް މިއަހަރު ނިންމާފައި ވެއެވެ.

ހަރަދުގެ މައްސަލަތަކުގެ ތެރެއިން ދަރިންގެ ހަރަދު ހޯދުން, ސާބިތު ހަރަދު ހޯދުން އަދި ދަރިންގެ ހަރަދު ކެނޑުން ހިމެނޭހެން މިއަހަރު ޖުމްލަ 33 މައްސަލައެއް ނިންމި އެވެ.

އޭގެ އިތުރުން ފެމިލީ ކޯޓުން ވަނީ މިއަހަރު ކުޑަކުދިންނާ ގުޅުން ހުރި ޖުމްލަ 44 މައްސަލައެއް ނިންމާފަ އެވެ. އޭގެ ތެރޭގައި ހަޟާނާތުގެ މައްސަލަތަކާއި, ނަސަބު ތަފާތު ކުރުމުގެ މައްސަލަތަކާއި, ދަރިން ނުދެއްލުމުގެ މައްސަލަަތަކުގެ އިތުރުން ފޮސްޓާ ކުރުމާއި ދަރިއަކު ބަލައި ބޮޑުކުރުން އެހެން މީހަކާ ހަވާލުކުރުމުގެ މައްސަލަތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox