މޭރީއާ ދެކޮޅަށް ލަމްހާ ފުލުހަށް މައްސަލައެއް ހުށަހަޅައިގެން އުޅުނު ކަމަށް ހެކިވެރިޔަކު ބުނެފި

މޭރީ މަރާލި ކަމުގެ ދައުވާ ލިބޭ ލަމްހާ އަބްދުލްރަހްމާން؛ މޭރީއާ ދެކޮޅަށް ލަމްހާ ފުލުހަށް މައްސަލައެއް ހުށަހެޅި ކަމަށް ހެކިވެރިޔަކުޅ ބުނޭ

މޭރީ މަރާލި ކަމުގެ ދައުވާ ލިބޭ ލަމްހާ އަބްދުލްރަހްމާން؛ މޭރީއާ ދެކޮޅަށް ލަމްހާ ފުލުހަށް މައްސަލައެއް ހުށަހެޅި ކަމަށް ހެކިވެރިޔަކުޅ ބުނޭ

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރުވުމުން އެ މައްސަލާގައި ދައުވާ އުފުލާފައިވާ ލަމްހާ އަބްދުލްރަހްމާން މޭރީއާ ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހަޅައިގެން އުޅުނު ކަމަށް ޝަރީއަތަށް ހެކިބަސް ދިން މޭރީގެ އެކުވެރިޔަކު ބުނެފި އެވެ.

މޭރީ ދަންޖެހިފައި ހުއްޓައި ފެނުނު ކަމަށް އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ރިޕޯޓް ކުރި ނަމަވެސް އޭނާ މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. އޭނާ މަރާލުމުގެ ދައުވާ ފިރިމީހާ މާވިންގެ މައްޗަށް އުފުލާފައިވާއިރު، މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި މިހާރު ހިނގަމުން ދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ވެސް ތިން މީހަކު ހެކިބަސް ދިނެވެ. ހަތަރު މީހުންގެ ހެކިބަސް ނެގުމަށް ތާވަލުކުރި ނަމަވެސް އެއިން އަކަކު ހެކިބަސް ދޭން ހާޒިރުވެފައެއް ނުވެ އެވެ.

Advertisement

ހެކިބަސް ނެގި ތިން މީހުން؛

  1. ޝުޒުނާ މުހައްމަދު، އައިޖީއެމްއެޗްގެ ނަރުހެއް އަދި މޭރީގެ އެކުވެރިއެއް
  2. ސައިފުﷲ އަބްދުލްޣަނީ، އައިޖީއެމްއެޗް އީއާރުގައި މޭރީއަށް ފަރުވާ ދިން ޑޮކްޓަރެއް
  3. ޝަހީމާ އާދަމް، ސީން އޮފް ކްރައިމް އޮފިސަރެއް

މޭރީގެ އެކުވެރިޔާގެ ބަސް؛

ޝުޒުނާއަކީ އައިޖީއެމްއެޗްގައި މޭރީ މަސައްކަތް ކުރި ޑައިލެސިސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުންދާ ނަރުހެކެވެ. ހެކިބަސް ދެމުން އޭނާ ބުނި ގޮތުގައި މޭރީ އެހެން އުޅޭއިރު ޒާތީ ދިރިއުޅުމުގެ ކަންކަން އޭނާއާ ހިއްސާކުރެ އެވެ. އެ ގޮތުން ލަމްހާއާއި މާވިންއާ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ވާހަކަތައް ވެސް އޮތީ ހިއްސާކޮށްފަ އެވެ.

އޭނާގެ ހެކިބަހުގައި އެންމެ ފާހަގަ ކުރެވުނު ކަމަކީ މޭރީއާ ދެކޮޅަށް ފުރައްސާރަ ކުރުމުގެ މައްސަލައެއް ލަމްހާ ހުށަހަޅައިގެން ފުލުހަކު މޭރީއަށް ގުޅި އެވެ. އަދި ބަޔާން ދިނުމަށް ސީކްރެޓް ރެސިޕީއަށް ދިޔުމަށް އެދުމުން އެ ތަނަށް ފުލުސް މީހާއާ ބައްދަލުކުރަން ދިޔަ ކަމަށް ޝުޒުނާ ބުންޏެވެ.

"ޕޮލިސް ސްޓޭޝަނަކަށް ގޮސްފައެއް ނޫން ބަޔާން ނެގީ، ކޮފީއަކަށް އަރާފައި ބަޔާން ނެގީ، މޭރީ ކައިރީ އެހީމަ ބުނީ، ރައީސުލްޖުމްހޫރިއްޔާއާ [އިބްރާހީމް މުހައްމަދު ސޯލިހު] އާ އާއިލީ ގުޅުމެއް އޮންނަ މީހަކަށް ވާތީ، އެކަން މޭރީއަށް ވެސް އެނގޭތީ ޕޮލިސް ސްޓޭޝަނަށް ނުގޮސް ބަޔާން ދިނީއޭ،" ޕޮލިސް ސްޓޭޝަނަކަށް ގޮސް ބަޔާން ނުދިނީ ކީއްވެގެންތޯ މޭރީ ކިޔައިދިންތޯ ދައުލަތުން ސުވާލުކުރުމުން ޝުޒުނާ ބުންޏެވެ.

އެ މީހަކީ ކާކު ކަން ނޭނގޭ ކަމަށް ޝުޒުނާ ބުންޏެވެ. ނަމަވެސް ލަމްހާއާ އޮތް މައްސަލަ ހައްލުކުރަން ނިންމައިގެން އުޅުނު ދުވަސްވަރުގައި މޭރީއާއެކު ސީކްރެޓް ރެސިޕީއަށް ދިޔަ ދުވަހަކު އެ ފުލުސް މީހާއާ ބައްދަލުވި ކަމަށް ޝުޒުނާ ބުންޏެވެ.

މީގެ ކުރިން ވަނީ ފުލުހުގައި މަސައްކަތްކުރާ ލަމްހާގެ އެކުވެރިޔަކު ޝަރީއަތަށް ހެކިބަސް ދީފަ އެވެ. އެކަމަކު މުބީން އެ ދުވަހު ކިޔައިދިން ގޮތުން މޭރީއާ ބައްދަލުކުރީ ސުލްހަކުރަން ލަމްހާ ބޭނުންވާތީ އޭނާގެ މެދުވެރިއެއްގެ ގޮތުގައި މޭރީއާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް ލަމްހާ އެދުމުން ކަމަށެވެ. މޭރީ މަރުވި ދުވަހު ލަމްހާ ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށް އޭނާ އެ ދުވަހު ބުންޏެވެ.

މައްސަލައިގެ ފަސްފަހަތް؛

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

މި ދައުވާތަކަށް ލަމްހާ އާއި މާވިން އިންކާރު ކުރުމުން، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. ދިފާއުގައި މާވިން އަދި ލަމްހާ ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox