މި އަހަރުގެ ފުރަތަމަ ހަތަރު މަހު މަގުމަތީ އެކްސިޑެންޓުގެ 539 މައްސަލައެއް

May 20, 2023, 5:55 AM
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް: އެކްސިޑެންޓުތަކުގައި އެންމެ ގިނައީ ކާރު -- ފޮޓޯ: މިރާން ނާޝިމް/އަދަދު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް: އެކްސިޑެންޓުތަކުގައި އެންމެ ގިނައީ ކާރު -- ފޮޓޯ: މިރާން ނާޝިމް/އަދަދު

މި އަހަރުގެ ފުރަތަމަ ހަތަރު މަހު 539 އެކްސިޑެންޓު މަގުމަތީގައި ހިނގައި 77 މީހަކަށް ހާނީއްކަވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން އާންމު ކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައި އެންމެ ކާރުބާރުބޮޑު މާލެ ސިޓީގަ އެވެ. މާލޭގައި 516 އެކްސިޑެންޓު ހިނގިއިރު އެއީ މުޅި ރާއްޖޭގައި ހިނގި އެކްސިޑެންޓުގެ ތެރެއިން 95 ޕަސެންޓެވެ.

މިއަހަރު ހިނގި އެކްސިޑެންޓުތަކަށް ބަލާއިރު އެންމެ ގިނައިން އެކްސިޑެންޓުވެފައި ވަނީ ކާރެވެ. އެކްސިޑެންޓުތަކުގައި 341 ކާރު ހިމެނުނެވެ. އެކްސިޑެންޓުވި ސައިކަލުގެ އަދަދަކީ 317 އެވެ. އޭގެ އިތުރުން، ހަ ހެވީ-ވެހިކަލެއް ވެސް އެކްސިޑެންޓުވެފައިވެ އެވެ.

މާލޭގެ އިތުރުން ދެން އެންމެ ގިނައިން އެކްސިޑެންޓު ހިނގީ ފުވައްމުލަކުގަ އެވެ. އެ ރަށުގައި ނުވަ އެކްސިޑެންޓު ހިނގި އެވެ. އަދި އައްޑޫގައި ހަ އެކްސިޑެންޓު ހިނގިއިރު ކުޅުދުއްފުށީގައި ހިނގީ އެންމެ ތިން އެކްސިޑެންޓެވެ.

ފުރަތަމަ ހަތަރު ކުއާޓަރުގައި ޓްރެފިކުގެ ގަވާއިދުތަކަށް އެންމެ ގިނަ މީހުން ހިލާފުވީ ލައިސަންސު ނެތި ވެހިކަލް ދުއްވައިގެނެވެ. އެގޮތުން ލައިސަންސު ނުލައި ސައިކަލު ދުއްވުމުގެ 824 މައްސަލައެއް އޭޕްރީލްގެ ނިޔަލަށް ފުލުހުން ބެލި އެވެ. ދެން އެންމެ ގިނައީ ރޯޑްވާދިނަންސް ނުހައްދައި ދުއްވުމުގެ މައްސަލަ އެވެ. އެފަދަ 283 މައްސަލަ ފުލުހުން ބެލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox