މާލޭގެ މަގުތައް ބަލަހައްޓާނީ ސިޓީ ކައުންސިލުގެ މަގުފާރަވެރިން

މާލެ ސިޓީ މަގުފާރަވެރިންގެ ހިދުމަތަށް 78 މުވައްޒަފަކު ނެރެފައިވޭ -- ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސިޓީ މަގުފާރަވެރިންގެ ހިދުމަތަށް 78 މުވައްޒަފަކު ނެރެފައިވޭ -- ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސިޓީގެ މަގުތަކުގެ ކަންކަން ބެލެހެއްޓުމަށް ކައުންސިލުން 78 މަގުފާރަވެރިއަކު ނެރެފި އެވެ.

މާލެ ސަރަހައްދުގައި މުޅިން އަލަށް ފެށި މި ހިދުމަތަށް 18 އަންހެން މުވައްޒަފުން އަދި 60 ފިރިހެން މުވައްޒަފުން ނިކުންނާނެ އެވެ. ސިޓީ ކައުންސިލުގެ މި ޔުނިޓުގައި އިސްވެ ހުންނަވާނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސަައުދީ އެވެ. މަގުފާރަވެރިންގެ ތެރޭގައި ކުރީ ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފްގައި މަސައްކަތް ކުރި ބައެއް ފަރާތްތައް ވެސް ހިމެނެ އެވެ.

މަގުފާރަވެރިންގެ މައިގަނޑު ޒިންމާއަކީ މާލޭގެ މަގުތަކުގައި އާންމުންނަށް ދިމާވާ އުނދަގޫތައް ހައްލުކުރުމެެވެ. މަގުތަކުގެ ކަންކަން ހައްލުކުރަނީ އެކަމެއް ރައްދުވާ ފަރާާތާއި ގުޅިގެންނެވެ.

ރޭ މަގުފާރަވެރިންގެ މަސައްކަތް އިފްތިތާހު ކުރުމަށް ޗަމްޕާ ސެންޓަރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަގުފާރަވެރިންގެ ހިދުމަތަކީ ބޮޑު ޒިންމާއެއް ކަމަށާއި، މިއީ އަލަށް ފަށާ މަސައްކަތެއް ކަމަށެވެ.

އަދި މި ހިދުމަތް ފެށުމުން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ "ޗާލު މާލެ ސިޓީ"ގެ ދަށުން ރޭވިފައިވާ ކަމެއް ކުރެވުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މި ވަޒީފާއަކީ ބޮޑު ޒިންމާއެއް. ވަރަށް ވަރުގަދަ، އަމާނާތްތެރިކަމާ އެކީގައި އަދާކުރަން ޖެހޭ ޒިންމާއެއް. އެ ޒިންމާ އަދާކުރީމާ އަމިއްލަ ނަފްސައް އެލިބޭ އުފާވެރިކަމާ، އެ ޒިންމާ އަދާކޮށްދެވޭ ފަރާތް، މާލޭގެ ރައްޔިތުންނަށް އެލިބޭ ހިތްހަމަ ޖެހުމަކީ އެއީ އަޅުގަނޑުމެން ހޯދަން އަމާޒުކުރަންވީ ކަމަކީ" ރޭ ހިދުމަތަށް ނެރެވުނު މަގުފާރަވެރިންނާ މުހާތަބުކޮށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިއީ ކަންކަން ކުރަންވީ މަގު ދައްކައިދިނުމަށާއި، ރަނގަޅުކޮށްދިނުމަށް އުފެއްދި ޔުނިޓެއް ކަމަށެވެ.

"މީކީ ފިޔަވަޅުއަޅަން އުފެއްދި ޔުނިޓެއް ނޫން. ކުއްވެރިކުރަން އުފެއްދި ޔުނިޓެއް ނޫން. މިއީ މަގު ދައްކައިދޭން، މުޖްތަމައުއާ ގުޅިގެން އެންގޭޖްވެގެން މުއާމަލާތްކޮށްގެން ގައިޑްކޮށްގެން ރައްޔިތުންގެ ފަޅީގައި ތިބެގެން ހިންގާނެ ޔުނިޓެއް" މުއިއްޒު ވިދާޅުވި އެވެ.

މަގު ފާރަވެރިން މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމަކީ:

  • މަގުމަތީގައި އުޅަނދުފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން
  • ޕާކުކޮށްފައިވާ އުޅަނދުތައް ޕާކުކޮށްފައި ހުންނަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން
  • މަގުމައްޗާއި ޕޭވްމެންޓްގައި ބަހައްޓާފއިވާ ތަކެތި ހުންނަނީ އާންމުންނަށް އުނދަގޫވާގޮތަށްތޯ ބެލުމާއި ރިޕޯޓު ކުރުން
  • އިމާރާތް ކުރުމަށް މަގު ބަންދުކުރަނީ ހުއްދަ ދީފައިވާ ވަގުތުތަކުގައިތޯ އަދި މިންވަރަށްތޯ ބެލުން
  • މަސައްކަތް ނިމުމުން ފެންސު ނަގާ ސާފްކުރުމުގެ ކަންކަން ދާ ގޮތް ބެލުން
  • މަސައްކަތް ކުރަނީ އިމާރާތް ކުރުމަށް ދެވޭ ހުއްދަތަކާ އެއްގޮތަށްތޯ ބެލުން
  • އިމާރާތްތަކުގެ ފެންހޮޅިތަކާއި، ކެފޭ/ރެސްޓޯރެންޓުގެ ދުން ހޮޅިތައް ހުންނަނީ އާންމުންނަށް އުނދަގޫ ނުވާނޭ ގޮތަށްތޯ ބެލުން

މާލޭގެ މަގުތައް ބެލެހެއްޓުމަށް މަގުފާރަވެރިން ނެރުނު އިރު، މިހާރުވެސް ސިޓީ ކައުންސިލުން އަންނަނީ މަގުތައް ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި ތަންތަނަށް ޖަމާވެފައި ހުންނަ ކުނި ނެގުމާއި، މަގުތައް މަރާމާތުކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox