ކުޅުންތެރިންނަށް އިތުބާރު: ގްރީން ސްޓްރީޓްސްގެ އޮތީ ގަދަ ހަތަރެއްގެ ޓާގެޓެއް

May 13, 2023, 5:15 AM
ގްރީން ސްޓްރީޓްސްގެ ޕްރެކްޓިހެއްގެ ތެރެއިން ނިސްތާރު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގްރީން ސްޓްރީޓްސްގެ ޕްރެކްޓިހެއްގެ ތެރެއިން ނިސްތާރު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުނދަގޫ ހާލަތެއްގައި ސީޒަނަށް ކުރިމަތިލާން ޖެހުނު ކަމަށް ވިޔަސް މަޑުމަޑުން ކަންކަން ރަނގަޅުކޮށް، ގިނަ ފަހަރުތަކެކޭ އެއްގޮތަށް ކްލަބް ގްރީން ސްޓްރީޓްސް އިން މި އަހަރު ވެސް ވިސްނަނީ ގަދަ ހަތަރެއްގެ ޓާގެޓް ހާސިލްކޮށްގެން ސީޒަން ރަނގަޅަށް ނިންމާލުމަށް ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

މާލީ މައްސަލަތަކުގެ ސަބަބުން ގްރީން ސްޓްރީޓްސް އިން މި ފަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕްގައި ނުކުޅެ އެވެ. ސީޒަނުގައި ގްރީން ސްޓްރީޓްސް އިން ނުކުތް ފުރަތަމަ މެޗަކީ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 5-1 އިން ބަލިވި މެޗެވެ.

"ދެން އަޅުގަނޑުމެން މެޗަކަށް ފަހު މެޗެއް ސްކޮޑު އެކުލެވެމުން ދާނެ ކަމަށް (މި ބަލަނީ)، ތަންކޮޅެއް އާ ކުދިންތަކެއް ވެސް އެބަތިބި،" ޓީމުގެ ހާލަތާ ބެހޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިސްތާރު ބުންޏެވެ.

Advertisement

ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތެރެއިން ސީޒަނަށް އެންމެ ފަހުން ޕްރެކްޓިސް ފެށި ދެ ޓީމުގެ ތެރޭގައި ގްރީން ސްޓްރީޓްސް ހިމެނެ އެވެ.

"ރޯދަ މަހު ފަހު ދެ ދުވަހެއް ވަރު ޕްރެކްޓިސް ކޮށްފައި، ދެން އީދަށް ކުޑަ ބްރޭކެއް ނަގާލާފައި އެހާ ގިނަ ދުވަހެއް ނޫން. އަޅުގަނޑުމެންނަށް ފާހަގަވި ފިޓްނަސް މައްސަލައެއް ނެތް، އަލްހަމްދުލިއްލާހި، އެކަމު އާ ކުދިންތަކެއް ވީމަ ހުންނާނެ ކަންތައްތަކެއް، އެކަމު، ވަރަށް ކޮންފިޑެންސް އެބަހުރި މި ކުދިންނަށް،" ޖުމްލަ އެކު ކުރެވުނު ޕްރެކްޓިސްތަކުގެ އަދަދާ ގުޅޭގޮތުން ސުވާލުކުރުމުން ނިސްތާރު ބުންޏެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނިސްތާރު ބުނީ ގްރީން ސްޓްރީޓްސް އަކީ އަބަދުވެސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކޮށްގެން އެ ސީޒަނަށް ކަނޑައަޅާ ޓާގެޓަށް ވާސިލްވާން މަސައްކަތްކުރާ ޓީމެއް ކަމަށެވެ.

"މި އަހަރު ނީންނާނެ ރެލިގޭޝަނެއް، އަޅުގަނޑުމެންގެ ޓާގެޓަކީ އަދިވެސް ކޮންމެ އަހަރަކު ވެސް، ދެން ކޮންމެ އަހަރަކު ވެސް އެއް ނޫން، އެންމެ ދަށް ވެގެން ޓޮޕް ފޯ އަށް ވަނުން ޓާގެޓަކީ. ﷲ އިރާދަކުރެއްވިއްޔާ އެ އެޗީވްކުރާނަން،" ކުރިން އއ. މާޅޮހާ އާއި ށ. ފޯކައިދޫ ގޮވައިގެން ދިވެހި ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ކޯޗު، ނިސްތާރު ބުންޏެވެ.

ނިސްތާރު ބުނީ ކޯޗުންނަކީ އެ އޮންނަ ހާލަތަކަށް ތައްޔާރުވެ، އެ ހުރި ކަންކަމަށް ހައްލު ހޯދަން ޖެހޭ ބައެއް ކަމަށާއި ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ނުވާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެ ގޮތުން، ސީޒަނަށް ތައްޔާރުވާން ޕްރީ ސީޒަނަށް އެ ބޭނުންވާ ހަ ހަފްތާ ލިބިއްޖެނަމަ ރަނގަޅުވާނެ ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޭނުންވާ ގޮތަކަށް ނުވާނެ. ލިބިފައި ހުރި ރިސޯސަސް ބޭނުންކުރުން އެއީ ކޯޗެއްގެ އެންމެ މުހިންމު އެއް ކަންތައް ކަންނޭނގެ އަޅުގަނޑުމެން ބޭނުމެއް ނޫން އެ ފޮރިން ޕްލޭޔަރުން ނެތޭ ކިޔާފައި އެ އެކްސްކިއުޒަކަށް ނަގާކަށް، އަޅުގަނޑު އަތުގައި އެބަހުރި ޕާފޯމަންސް ދެވޭނެ ކުޅުންތެރިން، އެކަމު ޖެލް ވާން ޓައިމް ނަގާފާނެ. އެބައޮތް ވަރަށް ކޮންފިޑެންސް ސީޒަން ނިމެންވާއިރަށް ޓާގެޓް ރީޗް ކުރެވޭނެ ކަމުގެ،" ނިސްތާރު ބުންޏެވެ.

ޓީމަށް ބިދޭސީ ކުޅުންތެރިން ގެނައުމާ މެދު ސީދާ އެއްޗެއް ބުނެވޭނީ މެނޭޖްމަންޓަށް ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ. އެ ގޮތުން، ދެން އޮތް ޓްރާންސްފާގައި ގްރީން ސްޓްރީޓްސް އަށް ބިދޭސީ ހަތަރު ކުޅުންތެރިން ނުލިބުނަސް ކޮންމެ ވެސް ވަރަކަށް ލިބުމަކީ އެދޭ ގޮތް ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

ލީގުގައި މިރޭ ގްރީން ސްޓްރީޓްސް ކުޅޭނީ މާޒިޔާއާ އެވެ. ނިސްތާރު ބުނީ ޕްރިމިއާ ލީގުގައި އެއްވެސް މެޗެއް ފަސޭހަނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ދެކެނީ ޕްރިމިއާ ލީގުގައި ފަސޭހަ މެޗެއް ނާންނާނެ. އެކަމު، މާޒިޔާ އަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ވަރުގަދަ އެއް ބާރު، އެހެންވީމަ، ވެވެން އޮތް އެންމެ ރަނގަޅަށް (ގްރީން ސްޓްރީޓްސް އިން) ތައްޔާރުވަމުން މި އަންނަނީ،" ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox