ހުޅުމާލޭ ފޭސް ދޭއްގައި ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ހާނީއްކަވި ޒުވާނާ މިއަދު މަރުވެއްޖެ އެވެ.
ހދ. ނެއްލައިދޫ، ވަޒަން، އަހުމަދު ޒައިންގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ ފަތިސް ނަމާދަށްފަހެވެ. އޭނާއަކީ ސައިކަލު ދުއްވަން އިން މީހާ އެވެ.
އެ އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާވެފައެއްނުވެ އެވެ.
ޒައިންއަށް މައާފު ކުރުމަށް އެދި އަދި އޭނާއަށް ދުއާކޮށްދިނުމަށް އެދި ޒުވާނާގެ ބައްޕަ ވަނީ ސޯޝަލް މީޑިއާގައި މިދިޔަ ބުދަ ދުވަހު މެސެޖެއް ވެސް އާންމުކޮށްފަ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓުވެގެން ޒައިން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ވަރަށް ދެރަ އެވެ. އަދި އޭނާ ސަލާމަތް ކުރެވިދާނެކަމުގެ އުއްމީދު ކުޑަ ކަމަށް ޑޮކްޓަރުން އެއިރު ވެސް ބުނެފައިވެ އެވެ.

އެ އެކްސިޑެންޓު ހިނގި ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.













