ސިމެންތި ގަށާ ޓްރަކެއް ފުރޮޅާލުމައި ޑްރައިވަރާއި އެ ސަރަހައްދުން ބައިސަލްގައި ދިޔަ ކުޑަ ދެ ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނު ކައިރިން ދުއްވާފައި ދިޔަ އެ މާ ޓްރަކު ފުރޮޅާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 7:35 ހާއިރު ކަމަށެވެ. ނަމަވެސް އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް، އަދި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ޓްރަކް ފުރޮޅާލުމުގެ ސަބަބުން އަނިޔާވީ ކޮންމެ ހަފުތާ ބަންދެއްގައި ވެސް ހުޅުމާލޭގައި ބައިސްކަލް ދުއްވާ ކުޑަކުދިންގެ ތެރެއިން ދެ ކުދިންނެވެ. މިއަދު ބައިސްކަލް ދުއްވަން ގާތްގަނޑަކަށް ވިއްސަކަށް ކުދިން އުޅުނު ކަމަށް ވަނީ އެނގިފަ އެވެ. އޭގެ ތެރެއިން އަނިޔާވެ، މިހާރު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ 13 އަހަރުގެ ދެ ކުދިން ނަކީ ޓްރަކާ ކައިރީގައި ތިބި ދެ ކުދިންނެވެ.
އެ ކުދިންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ. ވަގުތު އެ ސަރަހައްދުން ބައިސްކަލުގައި ދިޔަ 13 އަހަރުން ދެ ފިރިހެން ކުދިންނަށާއި, ޓްރަކް ދުއްވަން އިން ޑްރައިވަރަސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

ހަމައެއާއެކު މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.













