ބަނދަރުގައި އޮތް ސަފާރީއަކުން އުކުޅަހުގައި ރާ ވިއްކާ ކަަމަށް ބުނެ ބޮޑު ހަމަަނުޖެހުމެއް

އުކުޅަހު ބަނދަރުގައި އޮތް ޒެޑު ކުރޫޒާ ސަފާރީ؛ ކައުންސިލުން ބުނީ ބަޔަކު ނިކުމެ ހަމަނުޖެހުން ހިންގާފައި ވަނީ އެ ސަފާރީ ބަނދަރުން ނެރުމަށް ކައުންސިލުން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް -- ފޮޓޯ: ކައުންސިލް

އުކުޅަހު ބަނދަރުގައި އޮތް ޒެޑު ކުރޫޒާ ސަފާރީ؛ ކައުންސިލުން ބުނީ ބަޔަކު ނިކުމެ ހަމަނުޖެހުން ހިންގާފައި ވަނީ އެ ސަފާރީ ބަނދަރުން ނެރުމަށް ކައުންސިލުން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް -- ފޮޓޯ: ކައުންސިލް

އއ. އުކުޅަހު ބަނދަރުގައި އޮތް ސަފާރީއަކުން ރާ ވިއްކާ ކަމަށް ބުނެ ބަޔަކު ނިކުމެ އެރަށުގައި ހަމަނުޖެހުން ހިންގައިފި އެވެ.

އުކުޅަހުން ބަނދަރުގައި އޮތް ސަފާރީއަކުން އެރަށަށް ރާ ވިއްކަމުން ދާކަމަށް ތުހުމަތުކޮށް އެރަށު ބަޔަކު ވަނީ ކައުންސިލް އިދާރާ ދޮރުމައްޗަށް ބޮއްކުރާއެއް އެހެލައި، ކައުންސިލް އިދާރާގެ މައި ގޭޓު ބަންދުކޮށްފަ އެވެ. އަދި, ކަނޑުދަތުރުކުރާ އުޅަނދުތަކަށް ދަތުރު ނުކުރެވޭނޭހެން އެރަށުގެ ނެރު ވެސް ބަންދުކޮށްފައި ވެއެވެ.

އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހީމް "އަދަދު"އަށް ވިދާޅުވީ ނެރު ބަންދުކުރުމާއި ގުޅިގެން ރަށުން ފުރަން ތިބި ފަތުރުވެރިންތަކަކަށް ނުފުރި ފްލައިޓު މިސްވެފައިވާ ކަމަށެވެ. އަދި, ބަޔަކު ނިކުމެ ހަމަނުޖެހުން ހިންގާފައި ވަނީ އެކަން ހައްލުކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އުކުޅަހުގެ ބަޔަކު ނިކުމެ ރަށު ކައުންސިލް އިދާރާ ދޮރުމައްޗަށް ބޮއްކުރާއެއް އެހެލާފައި -- ފޮޓޯ: ކައުންސިލް
އުކުޅަހުގެ ބަޔަކު ނިކުމެ ރަށު ކައުންސިލް އިދާރާ ދޮރުމައްޗަށް ބޮއްކުރާއެއް އެހެލާފައި -- ފޮޓޯ: ކައުންސިލް

އުކުޅަހުގެ ބަޔަކު ނިކުމެ ރަށު ކައުންސިލް އިދާރާ ދޮރުމައްޗަށް ބޮއްކުރާއެއް އެހެލާފައި -- ފޮޓޯ: ކައުންސިލް

ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބު؛

ޝައުކަތު ވިދާޅުވީ، ހަމަނުޖެހުން ހިންގާފައި ވަނީ ނިމިދިޔަ ފަތުރުވެރިކަމުގެ ހައި ސީޒަން ދުވަސްވަރުން ފެށިގެން އެރަށަށް އަންނަ ފަތުރުވެރިންނަށް ރާ ވިއްކުމަށް އެރަށުގެ ފަޅުތެރޭގައި ބަނދަރުކުރި "ޒެޑް ކުރޫޒާ" ނަމަކަށްކިޔާ ސަފާރީއަކުން ރަށުގެ އާންމުންނަށް ރާ ވިއްކަމުން ދާކަމަށް ކުރެވުނު ތުހުމަތުތަކަަކާ ގުޅިގެންނެވެ.

"މީގެއިން ރަށުގެ ތެރެއަށް، އާންމުންނަށް ރާ އެބަ އެތެރެވާކަމުގެ ތުހުމަތުތަކެއް ހުރި ކޮށްފަ ބައެއް މީހުން. އެކަންބޮޑުވުން އޮތް ރައްޔިތުންގެ ތެރޭގައި," ޝައުކަތު ވިދާޅުވި އެވެ.

މި ކަންބޮޑުވުން އޮއްވާ ދާދި ފަހުން ވަނީ އެ ސަފާރީ ރަށުގެ ބަނދަރަށް މަރާމާތު ކުރުމަށް ކަމަށް ބުނެ ވައްދާފައި ކަމަށާއި، އެކަން ކޮށްފައި ވަނީ ކައުންސިލުގެ ހުއްދަ ނެތި ކަމަށް އޭނާ ހިއްސާކުރި އެވެ.

ފުލުހުން މެދުވެރިކޮށް ސަފާރީ ބަލައި ފާސްކުރި

"މަރާމާތަކަށް ކަމަށް ބުނެ ރަށުގެ ބަނދަރަށް ސަަފާރީ ވެއްދީމަ އަޅުގަނޑުމެން ބުނިން މަރާމާތަަށް ބަނދަރުކުރުމަށް ހުއްދައަށް އެދުމަށް. އަދި އެ ސަފާރީއާ މެދު ކުރިންވެސް އާންމުންގެ ކަންބޮޑުވުންތަކެއް ހުރީމަ އަޅުގަނޑުމެން އެންގިން ހުއްދަ ދެވޭނީ ފުލުހުން މެދުވެރިވެގެން ސަފާރީ ބަލައި އޭގައި މަސްތުވާއެއްޗެއް، ނުވަތަ ރަލެއް ނެތް ނަމަ އޭ," ޝައުކަތު ބުނީ ސަފާރީ ބަނދަރުކުރީ އެއްވެސް ހުއްދައެއް ނެތި ކަމަށެވެ. އަދި, ހުއްދައަށް އެދި ހުށަހެޅުމަށް ކައުންސިލުން އަންގާފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މި މަހުގެ ހަތެއްގައި މިގޮތަށް ކައުންސިލުން އެންގުމުން ވެސް އެ ސަފާރީ ބަލައި ފާސްކުރުމުގެ ފުރުސަތެއް ފުލުހުންނަށް ދީފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ކައުންސިލުން ވަނީ ސަފާރީ އެރަށުގެ ބަނދަރުން ނެރެދިނުމަށް ފުލުހުން އަންގާފަ އެވެ.

ޝައުކަތު ވިދާޅުވީ، އެ ސަފާރީއަށް ގޮސް ފާސްކުރުމަށް ފަހު ފުލުހުން ވަނީ އޭގައި އެއްވެސް މަސްތުވާއެއްޗެއް ނުވަތަ ރަލެއް ނެތް ކަމަށް ބުނެފައި ކަމަށެވެ. އަދި, ސަފާރީ އޮތީ މަރާމާތު ނުކޮށްފި ނަމަ ފެތޭހާ ވީރާނާވެފައި ކަމަށް ބުނެ އެމީހުންނަށް ސަފާރީ މަރާމާތުކުރުމަށް ދެވެން އޮތް އެންމެ ކުރު މުއްދަތެއް ދިނުމަށް ފުލުހުން އިއްޔެ ލަފާދިން ކަމަށް އޭނާ ބުންޏެވެ.

ހަމަނުޖެހުންތައް ބޮޑުވުމުގެ ސަބަބުން ކައުންސިލުން ދަނީ ސަފާރީ އެރަށު ބަނދަރުން ނެރުމަށް ފުލުހުންނަށް ކޯޓު އަމުރެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ކަމަށް ޝައުކަތު ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވަނީ ކޮންމެ ގޮތަކަށް ކަންތައް އޮތަސް ސަފާރީ ނެރެން. ރައްޔިތުންގެ ކަންބޮޑުވުން އެހެން ހުރީމަ ރޭގައި އަޅުގަނޑުމެން ކޯޓުގައި އެދުނިން ސަފާރީ ނެރެދިނުމަށް ކޯޓު އަމުރެއް ނެރެދިނުމަށް. ކޯޓުގައި އެދުނީމަ ކޯޓުން އޮތް ސަފާރީގެ ވެރިފަރާތުން އަދި ކައުންސިލުން މިކަމުގައި ޖަވާބުދާރީވުމަށް މިމަހުގެ 14 ވަނަ ދުވަހު ހާޒިރުވުމަށް އަންގާފައި" ޝައުކަތު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox