ހުޅުމާލޭ ފަޅު ހިއްކަން އުޅޭތީ އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް!

May 11, 2023, 5:45 AM
ހުޅުމާލޭގެ ހުޅަނގު ފަރާތު ފަޅުތެރެއިން ހިޔާ ފްލެޓުތައް. ހުޅުމާލޭގެ ހުޅަނގު ފަރާތުން ބޮޑު ބައެއް ހިއްކަން އުޅޭ ތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭގެ ހުޅަނގު ފަރާތު ފަޅުތެރެއިން ހިޔާ ފްލެޓުތައް. ހުޅުމާލޭގެ ހުޅަނގު ފަރާތުން ބޮޑު ބައެއް ހިއްކަން އުޅޭ ތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މަތީ ފަންގިފިލާތަކުގެ ބެލްކަންޏަށް ނުކުތީމާ ފެންނަން އޮންނާނީ ކަނޑުގެ ރީތި މަންޒަރެކެވެ. ރީތި ގޮތްގޮތަށް ބަނދެފައިވާ ސަފާރީތަކާއި އެހެން ކަނޑު އުޅަނދުތަކުގެ ހަރަކާތްތަކެވެ. ހުޅުމާލޭގެ ފިތުރޯނުމަގުގައިވާ އިމާރާތްތަކުން އެޕާޓްމަންޓް ގަތް މީހުންގެ އުއްމީދަކީ މި އެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ބިމާއި އެޕާޓްމަންޓްގެ އަގު ކަނޑައަޅަނީ މިފަދަ ކަންކަމަށް ބަލައިގެންނެވެ.

ހުޅުމާލޭގެ ހުޅަނގު ފަރާތު ފަޅުތެރެއިން ބޮޑުބައެއް ހިއްކައިލާ ވާހަކަ ފެތުރުމާއެކު ބައެއް މީހުން ކަންބޮޑުވި އެއްކަމަކީ މި އެވެ. ސޯޝަލް މީޑިއާ ޓްވިޓާގައި ހިޔާލުފާޅުކުރި އެކަކު ބުނި ގޮތުގައި ހުޅުމާލޭގެ ހުޅަނގު ފަރާތު ފަޅުތެރެއިން އިތުރު ސަރަހައްދެއް ހިއްކާ ނަމަ ފިތުރޯނުމަގުގައި ހުރި އިމާރާތްތަކުގެ ނަން ވެސް ބަދަލުކުރަން ޖެހެ އެވެ. އޭނާ އެހެން ބުނީ ކަނޑު ފެންނަކަން ދޭހަވާ ގޮތަށް ނަންދީފައިވާ އިމާރާތަކަށް ނިސްބަތްކޮށެވެ.

"ރެއިންބޯ އޯޝަން ފްރޮންޓް ދެން ޖެހޭނީ ނަން ބަދަލުކުރަން؟," އޭނާ ބުންޏެވެ.

ހުޅުމާލޭގެ ފޭސް ދެއަކާއި އެކެއްގެ ބައެއް ވެސް ހިމެނޭ ގޮތަށް، ހުޅަނގު ފަރާތު ފަޅުތެރެއިން ބައެއް ހިއްކަން އުޅޭކަން ވަނީ "އަދަދު" އަށް އެނގިފަ އެވެ. އެކަމުގެ މަޝްވަރާ ކުރިއަށްދާ ކަމަށް އާބަންކޯއިން އިއްޔެ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދިނެވެ.

އެ ހަބަރު އިއްޔެ ފެތުރުމާއެކު ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ގިނަ މީހުން އެކަމާ ދެކޮޅެވެ. އެއް ބައެއްގެ ކަންބޮޑުވުމަކީ ހުޅުމާލޭގައި ތަރައްގީކުރަން ޕްލޭންކޮށްފައިވާ ކްރޫޒް ޓާމިނަލް ހަގީގަތަކަށް ހެދުމުގެ ފުރުސަތު ގެއްލުމެވެ. އޭރުން އެ ގެއްލެނީ މުސްތަގުބަލުގެ ޖީލަށް ހުޅުވެން އޮތް ވަޒީފާގެ އެތައް ފުރުސަތެކެވެ.

"މީގެން އިނގެނީ ޕުލޭނެއް ނެތްކަން! ތިތަން ހިއްކާ ހައުސިންގް އެޅީމަ ތިތަނަށް އަންނަ އެންމެން ވަޒީފާ އަކަށް ކީއްކުރަނީ؟ ރައީސް ޔާމީން ފުލެޓު އަޅައިގެން ހުޅުމާލެ ތޮއްޖައްސަނީ ކަމަށް ބުނި މީހުންނަށް ނުވިސްނޭ އޭރު ޖޮބްސް ކުރިއޭޓް ކުރަން ކުރި ޕުލޭންކަން މި ބަދަލު ކުރެވެނީ،" ޓްވިޓާގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.

އެ މައްސަލާގައި ހިޔާލުފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ކަންބޮޑުވުން ފާޅުކުރެއްވީ މާލެ ސަރަހައްދުގައި މިހާރުވެސް އޮތް ބޮޑު މައްސަލައެއް ކަމަށްވާ ބަނދަރުގެ ދަތިކަން އިތުރަށް ބޮޑުވާނެތީ އެވެ.

"ހުޅުމާލޭގެ މާސްޓަ ޕްލޭން ބަދަލު ކުރުމަކީ އޭގެ ނޭދެވޭ އަސަރުތައް ތާއަބަދަށް ފޯރާނެ ކަމެއް. މާލޭގެ ބަނދަރުން ޖާގަ ނުލިބިގެން ރައްޔިތުން އުފުލަންޖެހޭ ތަކުލީފުރައް މިހާރުވެސް އިންތިހާއަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

ހިޔާލުފާޅުކުރި ގިނަ ބަޔަކު ބުނީ އެ ސަަރަހައްދު ހިއްކައިފި ނަމަ އެކަން ވާނީ އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކަށް ކަމަށެވެ. އަދި އެފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން އާންމުންގެ ހިޔާލާއި މަޝްވަރާ ނުހޯދައި ކުރިއަށްދިޔުމަކީ ވެސް ގިނަ ބަޔަކު އެކަމާ ނުރުހިންވި އެއް ސަބަބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox