އެއްފަހަރާ އަގު ދައްކާ ނަމަ ވިނަރެސް ފްލެޓުގެ ބޭނުން ޔުނިޓެއް ނެގުމުގައި އިސްކަން ދޭނެ

ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ވިނަރެސް ފްލެޓުތައް -- ފޮޓޯ: އިޔާން/އަދަދު

ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ވިނަރެސް ފްލެޓުތައް -- ފޮޓޯ: އިޔާން/އަދަދު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަަރައްގީކުރާ ވިނަރެސް ފްލެޓު ގަަންނަ ފަރާތްތަކުގެ ތެރެއިން ބޭނުން ޔުނިޓެއް ނެގުމުގެ އިހްތިޔާރު ދިނުމުގައި އިސްކަން ދޭނީ އެއްފަހަރާ ތަނުގެ އަގު ދައްކައި ހަލާސްކުރާ މީހުންނަށް ކަމަށް އާބަންކޯއިން ބުނެފި އެވެ.

އާބަންކޯއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވިނަރެސް ފްލެޓުތައް ގަންނަ މީހުންގެ ތެރެއިން އެއްފަހަރާ އަގު ދައްކާ މީހުންނަށް ޔުނިޓު އިހްތިޔާރުކުރުމުގެ ފުރުސަަތު ދިނުމުގެ ކުރިން އެމީހެއްގެ މާލީ ގާބިލުކަން ހުރި މިންވަރު ބެލުމަށް އިވެލުއޭޝަނެއް ކުރިއަށް ގެންދާނެ ކަމަށެވެ.

"އިސްވެ ދެންނެވުނު އުސޫލުގެ ދަށުން ޔުނިޓު އިހްތިޔާރުކުރުން ކުރިއަށް ދިޔަ ނަމަވެސް، ޔުނިޓު އިހްތިޔާރުކުުރުމަަށް ފަހު ކޮންމެ ފަރާތަތަކަށްވެސް އެފަރާތަކުން އިހްތިޔާރުކޮށްފައިވާ ޕޭމެންޓު މޮޑެލް ބަދަލުކުރުމުގެ އިތުރު އެއް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ، " އާބަންކޯއިން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

އެއްފަހަރާ ފައިސާ ދައްކާ މީހުން ދައްކަން ޖެހޭ ގޮތަށް ކުރިން އޮތް 50،000ރ. ބުކިންފީ ނުނަގާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށާއި އެމީހުން ދައްކަން ޖެހޭނީ ތާޑް-ޕާޓީ އިވެލުއޭޝަން ފީ އެކަނި ކަމަށް ވެސް އެއިއުލާނުގައި ބުނެފައިވެ އެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން އިމާރާތްކުރި ފުލެޓުތަކަކީ ވިއްކާ ފުލެޓުތަކެއް ނަމަވެސް އެތަންތަން ގަތުމުގެ ފުރުސަތު ލިބޭ މީހުން ކަނޑައަޅާފައި ވަނީ ޕޮއިންޓު ދީގެންނެވެ.

ފަންނީ ވަޒީފާތަކުގައި އުޅޭ ފަރާތްތަކާއި މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކުރި ވިނަރެސްގެ 1344 އެޕާޓުމަންޓު ގަތުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 1413 ފޯމު ހުށަހަޅާފައިވެ އެވެ. ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތުހަމަވީ 723 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox