ޕޭވްމަންޓުގައި ކެފޭގެ ހިދުމަތް ދިނުން ހުއްޓާލަން އާބަންކޯ އިން އަންގައިފި

ހުޅުމާލޭގެ ޕޭމަންޓެއް މަތީގައި ކެފޭއަކުން މޭޒު ބަހައްޓާފައި: 34 މަގެއްގައި މިގޮތަށް މޭޒު ބަހައްޓާފައި ހުރި ކަމަށް އާބަންކޯއިން ބުނޭ -- ފޮޓޯ:އާބަންކޯ

ހުޅުމާލޭގެ ޕޭމަންޓެއް މަތީގައި ކެފޭއަކުން މޭޒު ބަހައްޓާފައި: 34 މަގެއްގައި މިގޮތަށް މޭޒު ބަހައްޓާފައި ހުރި ކަމަށް އާބަންކޯއިން ބުނޭ -- ފޮޓޯ:އާބަންކޯ

ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓު މަތީގައި ކެފޭތަކާއި ޓޭކްއަވޭތަކުން ބަހައްޓާފައި ހުރި މޭޒުތަކާއި ގޮނޑިތައް ނަގަން އާބަންކޯއިން އަންގައިފި އެވެ.

އާބަންކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތަކަށް އެ ކުންފުނީގެ ފަރާތުން ދީފައިވާ ހުއްދައާ ހިލާފަށް އެ ފަރާތްތަކުން އަމަލުކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އާބަންކޯއިން ބުނީ ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭވްމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައި އެތަނުގައި ވެސް ކެފޭގެ ހިދުމަތް ދެމުން އަންނަ މައްސަލަ ފާހަގަވެފައި ވާއިރު، އެކަމުގެ އުނދަގޫ ވެގެން އާންމުންގެ ޝަކުވާ ލިބޭ ކަމަށެވެ.

އެ ކުންފުނިން ބެލި ބެލުމުގައި ހުޅުމާލޭގެ 34 މަގެއްގެ ޕޭވްމަންޓުގައި 183 މޭޒު ބަހައްޓައި ހިދުމަތްދެމުން އަންނަކަން އެނގިފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ. އެ ތަކެތި ނެގުމަށް މިހާރު ވަނީ އަންގައިފަ އެވެ.

ހުޅުމާލޭގެ ޕޭމަންޓެއް މަތީގައި ކެފޭއަކުން މޭޒު ބަހައްޓާފައި: 34 މަގެއްގައި މިގޮތަށް މޭޒު ބަހައްޓާފައި ހުރި ކަމަށް އާބަންކޯއިން ބުނޭ -- ފޮޓޯ:އާބަންކޯ
ހުޅުމާލޭގެ ޕޭމަންޓެއް މަތީގައި ކެފޭއަކުން މޭޒު ބަހައްޓާފައި: 34 މަގެއްގައި މިގޮތަށް މޭޒު ބަހައްޓާފައި ހުރި ކަމަށް އާބަންކޯއިން ބުނޭ -- ފޮޓޯ:އާބަންކޯ

ހުޅުމާލޭގެ ޕޭވްމަންޓެއް މަތީގައި ކެފޭއަކުން މޭޒު ބަހައްޓާފައި: 34 މަގެއްގައި މިގޮތަށް މޭޒު ބަހައްޓާފައި ހުރި ކަމަށް އާބަންކޯއިން ބުނޭ -- ފޮޓޯ:އާބަންކޯ

ޕޭވްމަންޓުގައި މޭޒު ޖަހައި، ކެފޭ ހިންގުމުން ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ކަންތައްތަކުގެ ނޭދެވޭ އަސަރު ކުރާނެކަން ފާހަގަކޮށް، ވިޔަފާރީގެ ހުއްދައާ އެއްގޮތަށް މަސައްކަތް ކުރަން އާބަންކޯއިން އެދެ އެވެ.

"މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، މިގޮތަށް ޕޭވްމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައްކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށްވެސް ކުރާ ކަންކަމެވެ. އެހެންވެ ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ސާމަލުކަން ދީ، ވިޔަފާރިތައް ދީފައިވާ ހުއްދައާ އެއްގޮތަށް ހިންގައި އާންމުނަށް އުނދަގޫނުވާނެ ގޮތަކަށް ބައްޓަންކުރުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ." އާބަންކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ ޓޭކްއަވޭ ވިޔަފާރިއާއި، ކެފޭ ހިދުމަތްތަކަށް ވެސް ހުއްދަ ދީ ހިންގަމުން އަންނަނީ ހުޅުމާލެ އަކީ އެންމެން ވެސް ހިންހަމަޖެހޭ ބަދަހި މުޖުތަމައުއެއް އޮންނަ ތަނަކަށް ހެދުމުގެ މަގްސަދުގައި ކަމަށެވެ. އަދި ކެފޭތަކާއި، މިފަދަ ހިދުމަތްތައް ދިނުމަށް، އޯޕަން އޭރިއާތައް އަދިވެސް ބޭނުންވާކަން ފާހަގަވެފައިވާތީ، އެފަދަ ފުރުސަތުވެސް ފަހިކޮށްދިނުމަށް ވެސް މަސައްކަަތް ކުރަމުންދާ ކަމަށް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox