ގައުމީ މުބާރާތާ އެކު އަންނަ މަހު ނެޓްބޯޅަ ހަރަކާތްތައް ފަށަނީ

May 6, 2023, 8:11 AM
މިދިޔަ އަހަރުގެ ނެޓްބޯލް ޗެމްޕިއަންޝިޕް މެޗެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ އަހަރުގެ ނެޓްބޯލް ޗެމްޕިއަންޝިޕް މެޗެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި މަހުގެ ފަހުކޮޅު ފަށާ ގައުމީ ނެޓްބޯޅަ މުބާރާތާ އެކު މި އަހަރުގެ ނެޓްބޯޅަ ހަރަކާތްތައް ފަށަން ނެޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުން ދާދި ފަހުން އަހަރުގެ ކުޅިވަރު ކަލަންޑަރު ނެރެފައިވާއިރު ފުރަތަމަ ކުރިއަށް ގެންދިޔުމަށް ތާވަލްކޮށްފައިވަނީ ސީނިއާ މުބާރާތްތަކެވެ. އެ އެސޯސިއޭޝަނުން މައުލޫމާތު ދިން ގޮތުގައީ ސީނިއާ މުބާރާތްތައް ކުރިއަށް ޖައްސާލާފައިވަނީ މި އަހަރުގެ ފަހުކޮޅު ތައިލެންޑުގައި އޮންނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އަށް ތައްޔާރުވުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

ގައުމީ މުބާރާތް ބާއްވަން ނިންމާފައިވަނީ މި މަހުގެ 26 އިން ފެށިގެން އަންނަ މަހުގެ 24 އާ ހަމަ އަށެވެ. ގައުމީ މުބާރާތަށް ފަހު އޮންނާނީ އޮގަސްޓް މަހު އޮންނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އެވެ. މި މުބާރާތް ކުރިއަށްދާނީ އޮގަސްޓް 8-22 އަށެވެ.

Advertisement

ސީނިއާ ދެ މުބާރާތަށް ފަހު ދެން އޮންނާނީ ޖޫނިއާ ދެ މުބާރާތެވެ. މި ގޮތުން އޮގަސްޓް މަހުގެ 25 އިން ސެޕްޓެމްބަރު 2 އަށް އޮންނާނީ ޖޫނިއާ ޗެމްޕިއަންޝިޕް އެވެ. އެ ގޮތުން، 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށް ބާއްވާ ޖޫނިއާ ޗެމްޕިއަންޝިޕް ފުރަތަމަ ފަހަރަށް ބާއްވާފައިވަނީ މިދިޔަ އަހަރު އެވެ.

ޖޫނިއާ ޗެމްޕިއަންޝިޕަށް ފަހު އޮންނަނީ އެންމެ ގިނަ ކުޅުންތެރިން ވާދަކުރާ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތެވެ. މި މުބާރާތް އޮންނާނީ 16 ސެޕްޓެމްބަރުން ފެށިގެން 7 އޮކްޓޯބަރު އަށެވެ.

މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވަނީ ރެކްރިއޭޝަނަލް ދެ މުބާރާތް ކަމަށްވާ އިންޓަ އޮފީސް/ކޮމްޕެނީ ނެޓްބޯޅަ މުބާރާތާއި، އިންޓަ ސްކޫލް ބެލެނިވެރިންނާއި ޓީޗަރުންގެ މުބާރާތެވެ. އޮފީސްތަކުގެ މުބާރާތް އޮކްޓޯބަރު 10-31 އަށް އޮންނައިރު، ސްކޫލް ބެލެނިވެރިންނާއި ޓީޗަރުންގެ މުބާރާތް އޮންނާނީ ޑިސެމްބަރު 1 -20 އަށެވެ.

ރާއްޖޭގެ ގައުމީ ޓީމު މި އަހަރު ވާދަކުރަން ހަމަޖެހިފައިވަނީ ބައިނަލްއަގްވާމީ އެންމެ މުބާރާތެއްގަ އެވެ. އެއީ ނޮވެމްބަރު 17-26 އަށް ތައިލެންޑުގައި އޮންނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އެވެ.

މުބާރާތްތަކުގެ އިތުރުން ފަންނީ މީހުން ތަމްރީންކުރުމުގެ ހަތަރު ކޯހެއް މި އަހަރު ހިންގާނެ އެވެ. މީގެ ތެރެއިން ބޭސިކް ކޯޗިން އަދި ބޭސިން އަމްޕަޔަރިން ކޯހެއް މި އަހަރުގެ ކުރީކޮޅު ވަނީ ބާއްވައިފަ އެވެ. މި ކޯހުގެ އެޑްވާންސް ބައި މި އަހަރުގެ ނޮވެމްބަރު މަހު އޮންނާނެ އެވެ.

މި އަހަރު ފެށުނީއްސުރެ ނެޓްބޯޅަ ގައުމީ ޓީމުން ހުއްޓުމެއް ނެތި ޕްރެކްޓިސް ކުރަމުން އަންނައިރު، ގައުމީ ޖޫނިއާ ސްކޮޑަށް ކުޅުންތެރިން ނެގުމަށް ޓްރަޔަލް ސެޝަންތަކެއް ވެސް ނެޓްބޯޅަ އެސޯސިއޭޝަނުން ވަނީ ދާދި ފަހުން ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox