މީޓަރުގެ ރީޑިން ނުނަގައި ބިލު ތައްޔާރު ކުރި ކަމަށް ބުނެ ފަތުރާ ހަބަރުތައް ސްޓެލްކޯއިން ދޮގުކޮށްފި

May 2, 2023, 2:44 PM
ސްޓެލްކޯގެ ލޯގޯ އިމާރާތެއްގެ މަތީގައި. މިދިޔަ މަހަކީ ހޫނު ގަދަ މަހަކަށް ވުމާ އެކު ކަރަންޓު ބިލުތައް ބޮޑުވި --- އާޓްވޯކް: އަދަދު

ސްޓެލްކޯގެ ލޯގޯ އިމާރާތެއްގެ މަތީގައި. މިދިޔަ މަހަކީ ހޫނު ގަދަ މަހަކަށް ވުމާ އެކު ކަރަންޓު ބިލުތައް ބޮޑުވި --- އާޓްވޯކް: އަދަދު

މިދިޔަ މަހުގެ ބިލު ސްޓެލްކޯއިން ތައްޔާރުކޮށްފައި ވަނީ ކަސްޓަމަރުންގެ މީޓަރުން ރީޑިން ނުނަގައި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ހަބަރުތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

މެއި 1, 2023 ގައި "ދިޔަރެސް" ނޫހުގައި ވަނީ ސްޓެލްކޯއިން މީޓަރު ރީޑިން ނެގުމަކާ ނުލައި ކަރަންޓު ބިލުތައް ބޮޑުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހަބަރެއް ޝާއިއުކޮށްފަ އެވެ. މިއަދު ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި އެ ތުހުމަތުތައް ސިފަކުރީ "އެއްވެސް އަސާސެއް ނެތް, ދޮގު ތުހުމަތުތަކެއްގެ" ގޮތުގަ އެވެ.

"ދިޔަރެސް ނޫހުން ޝާއިއުކޮށްފައިވާ މި ހަބަރަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު، ދޮގު މައުލޫމާތު ހިމަނައިގެން މި ކުންފުންޏާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ހަބަރެއްކަމަށް ފާހަގަކުރެވެ," ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އަދި, އެ ކުންފުނިން ކަރަންޓު ބިލު އަބަދުވެސް ތައްޔާރު ކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށް ކަމަށާއި މީޓަރުގެ ރީޑިން ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރާ މިންވަރަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަދި, މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ އަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެ ކަމަށާއި އޭގެ އިތުރުން ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރައްވާ މިންވަރު (ރީޑިން) ފެންނަން ހުންނާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ.

"ކޮވިޑް-19ގެ ހާއްސަ ހާލަތުގައި ކަރަންޓު ރީޑިން ނެގުމަށް އަމަލުކުރި އުސޫލަށް މިހާރުވެސް ރީޑިން ނަގާ ކަމަށް މި ހަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަގީގަތަށް ވާސިލުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއް," ސްޓެލްކޯއިން ބުނެފައިވެ އެވެ/

‎މިއަހަރުވެސް ހޫނު މޫސުމާ ގުޅިގެން، އާންމުން ހޭލުންތެރި ކުރުވުމަށް، ނޫސްވެރިންނަށް ހާއްސަކޮށްގެން ވެސް މައުލޫމާތު ފޯރުކޮށްދިން ކަމަށް އެ ކުންފުނިން ބުންޏެވެ.

"ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ މިކުންފުނިން ބަލައިގަންނާނެ ކަމެއް ނޫން," ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox