ޖޫންގެ ފަހުން ހިޔާ ފްލެޓްތަކަށް ދިމާވާ މައްސަލަތަކަށް އާބަންކޯއިން ހަމައެކަނި ދޭނީ ފަންނީ އެހީ

ހިޔާ މަޝްރޫއުގެ ފްލެޓްތައް؛ ފްލެޓްތަކަށް ދިމާވާ މައްސަލަތަކަށް ޖޫނުގެ ފަހުން އާބަންކޯއިން ދޭނީ ފަންނީ އެހީއެއް އެކަނި ކަމަށް ބުނެފި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހިޔާ މަޝްރޫއުގެ ފްލެޓްތައް؛ ފްލެޓްތަކަށް ދިމާވާ މައްސަލަތަކަށް ޖޫނުގެ ފަހުން އާބަންކޯއިން ދޭނީ ފަންނީ އެހީއެއް އެކަނި ކަމަށް ބުނެފި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ދިމާވާ ފެންލީކުވުމާއި ފާހާނާ އަދި ބެލްކަނީގެ ސްލޯޕްވުމާއި ފާހާނާގެ ޑްރެއިން ބްލޮކްވުމާއި ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދޭން މިހާރު އާބަންކޯއިން ފޯރުކޮށްދޭ ހިދުމަތްތައް ދެވޭނީ ޖޫން މަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އާބަންކޯއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ހިޔާ ފްލެޓް އެއްބަސްވުމުގައި ވެސް ބުނާ ގޮތުން ފްލެޓާ ހަވާލުވާ ދުވަހުން ފެށިގެން ފްލެޓް ހުންނާނީ ގަންނަ ފަރާތުގެ ފުރިހަމަ ޒިންމާ އާއި ބެލުމުގެ ދަށުގައި ކަމެވެ.

އެހެން ނަމަވެސް, ހިޔާ ސަރަހައްދަކީ ބޮޑު އާބާދީއެއް އެއްފަހަރާ ދިރިއުޅޭން ފެށި ސަރަހައްދަކަށް ވާތީވެ، ފްލެޓްތަކުގައި ދިމާވާ މިފަދަ މައްސަލަތައް ހައްލުކޮށްދިނުމުގެ ގޮތުން ވީހާވެސް ދިގު މުއްދަތަކަށް އެ ހިދުމަތްތައް އާބަންކޯއިން ފޯރުކޮށްދިނުމަށް ނިންމީ ކަމަށް އެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.

މިހާތަނަށް އާބަންކޯއަށް ހުށަހެޅި އެފަދަ ގިނަ މައްސަލަތައް ހައްލުކޮށްދެމުން ދިޔަ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި, މިހާރު އެފަދަ މައްސަލަ ހުށަހެޅޭ މިންވަރު މަދުވެފައިވާތީ، ޖޫން 30 ގެ ފަހުން ފޯރުކޮށްދޭނީ ފަންނީ އެހީއެއް އެކަނި ކަމުގައި އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

"30 ޖޫން 2023 ގެ ފަހުން މި ކޯޕަރޭޝަނުން ބަލަމުން ގެންދާނީ ހިޔާ އިމާރާތުގައި ހިމެނޭ އާންމު ތަންތަނާއި ވަސީލަތްތަކަށް ދިމާވާ މައްސަލަތައް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ފްލެޓްގެ އެތެރެއަށް ދިމާވާ މައްސަލަތަކުގައި މި ކޯޕަރޭޝަނުން ފޯރުކޮށްދޭނީ ފަންނީ އެހީ އެކަނި ކަމުގައި ދެންނެވީމެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox