މަސް ނިމުނު އިރުވެސް ސިޓީ ކައުންސިލް މުވައްޒަފުންނަށް މުސާރަ ނުލިބޭ

މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ސިޓީ ކައުންސިލް

މަސް ނިމުނު އިރުވެސް އޭޕްރީލް މަހުގެ މުސާރަ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ޖަމާނުވާކަން ހާމަވެއްޖެ އެވެ.

އެ ކައުންސިލްގެ ބައެއް މުވައްޒަފުން މުސާރަ ޖަމާނުވެގެން ޝަކުވާ ކުރަމުންދާއިރު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލު ވަނީ މިއަދު އެ ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ޖަމާވާނެ ކަމަށް "އަދަދު" އަށް ވިދާޅުވެފަ އެވެ.

މުޖުތަބާ އިތުރަށް ވިދާޅުވީ މެއި މަހުގެ މުސާރަ ޖަމާވުމުގައި ލަސްތަކެއް ކުރިމަތިވި މައިގަނޑު ސަބަބަކީ ރޯދަ މަހު ބޭންކުގެ ހިދުމަތް ދޭ ގަޑިތައް މަދުވުން ކަމަށާއި މިހާރު މުސާރަ ޝީޓު ބޭންކަށް ފޮނުވާ މުސާރަ އަވަސްކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުންވެސް 9:00 އޮފީހަށް ނުކުންނަނީ، ދެން ބޭންކަށް 11:00 ގެ ކުރިން ހުށަހަޅަން އުނދަގޫތަކެއް ދީމާވީ، އިއްޔެ އަކީ ބަންދު ދުވަހެއްވީމަ ވެސް ލަސްވެގެންދިޔަ، އާންމު މަސްތަކުގައި މިފަދައިން ދިމައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އެ އިދާރާގެ މުވައްޒަފުންގެ އަދަދު ގިނަވުމާއި ގަޑި ޖެހޭ މުވައްޒަފުންގެ ރެކޯޑުތައް އެއްކޮށް، ޑޮކިއުމެންޓު ތައްޔާރުކުރުމަށް ވެސް ގިނަ ވަގުތު ހޭދަވާކަން މުޖުތަބާ ފާހަގަކުރެއްވި އެވެ.

އެކަމާ ގުޅިގެން މި ނޫހަށް އަށް މައުލޫމާތު ދެއްވި ސިޓީ ކައުންސިލްގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން މެދުނުކެނޑި ގިނަ މުވައްޒަފުންތަކެއް ނެގުމާއި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓޭނެ ރަނގަޅު އޮނިގަނޑެއް ނެތުމަކީ މިފަދައިން މުސާރަ ދިނުމުގައި ލަސްތަކެއް އައުމަށް ކުރިމަތިވި އެއް ސަބަބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox