ވައްކަން ކުރި މުވައްޒަފެއް ފެނަކައިން ވަކިކޮށް ފައިސާ ދައްކަން އަންގައިފި

Apr 27, 2023, 5:52 PM
ފެނަކަ ހިތަދޫ ބްރާންޗް: ވަކި ކުރި މުވައްޒަފަކީ ޕެޓީ ކޭޝްއާ ހަވާލުވެ ހުރި މީހާ -- ފޮޓޯ: އަލީ ހުޒާމް/އައްޑޫލައިވް

ފެނަކަ ހިތަދޫ ބްރާންޗް: ވަކި ކުރި މުވައްޒަފަކީ ޕެޓީ ކޭޝްއާ ހަވާލުވެ ހުރި މީހާ -- ފޮޓޯ: އަލީ ހުޒާމް/އައްޑޫލައިވް

ވެރިކަން ކުރާ މާލެ ނޫން ރަށްރަށަށް ފެނާއި ކަރަންޓުގެ ހިދުމަތް ދޭ ދައުލަތުގެ ކުންފުނި ފެނަކަ ކޯޕަރޭޝަންގެ ޕެޓީ ކޭޝް ފައިސާއިން ވައްކަން ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކޮށް އެ ފައިސާ ދައްކަން އަންގައިފި އެވެ.

ދުވަހުން ދުވަހަށް ކުންފުންޏަށް ބޭނުންވާ ކުދި މުދަލާއި ހިދުމަތް ހޯދުމަށް ބަހައްޓާ ޕެޓީ ކޭޝް ފައިސާއިން 151،182ރ. ވަގަށް ނެގި މައްސަލައެއް ފެންމަތިވީ ފެނަކައިގެ އައްޑޫ ސިޓީ ބްރާންޗުގަ އެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ވަނީ އިއްޔެ މަގާމުން ވަކިކޮށްފައިކަން މި ނޫހަށް އެނގިފައިވެ އެވެ. އޭނާއަކީ ޖެނުއަރީ، 2023 އިން ފެށިގެން މާޗް، 2023 އާ ހަމައަށް ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓި މީހާ އެވެ.

ވައްކަމުގެ ތުހުމަތުވާ މުވައްޒަފަށް ފެނަކައިން އަންގާފައި ވަނީ ކުންފުންޏަށް ނުލިބޭ މުދަލާއި ހިދުމަތަށް ބިލުކޮށް އަމިއްލަ އެކައުންޓަށް ޕެޓީ ކޭޝް ޖަމާ ކުރުމަށްފަހު ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ތަހުގީގުން ސާބިތުވާ ކަމަށެވެ.

ފެނަކައިން އެންގީ އެ ކުންފުނިން ގެއްލުނު ފައިސާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox