ވެމްކޯގެ ކޮތަޅު ވިއްކަން ބޭނުންވާ ވިޔަފާރިތައް ހޯދަނީ

މާލެ މަގުމައްޗަށް ނެރެފައިވާ ކުނިތަކެއް؛ ކުނި އަޅަން ވެމްކޯއިން ކޮތަޅު ވިއްކާ ގޮތަށް އޮތީ ހަމަޖެހިފައި -- ފޮޓޯ: ޝާބިން/ އަދަދު

މާލެ މަގުމައްޗަށް ނެރެފައިވާ ކުނިތަކެއް؛ ކުނި އަޅަން ވެމްކޯއިން ކޮތަޅު ވިއްކާ ގޮތަށް އޮތީ ހަމަޖެހިފައި -- ފޮޓޯ: ޝާބިން/ އަދަދު

ވެމްކޯއިން ފޯރުކޮށްދޭ ބިންލައިނާ (ކޮތަޅު) ހޯލްސޭލް އަދި ރީޓެއިލްކޮށް ރައްޔިތުންނަށް ވިއްކަން ޝައުގުވެރިވާ ވިޔަފާރިތައް ހޯދަން އިއުލާން ކޮށްފި އެވެ.

ވެމްކޯއިން ވަނީ އެކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާ ގުޅިގެން ވެމްކޯއިން ފޯރުކޮށްދޭން ޖެހޭ ޕްލާސްޓިކް ޑަސްޓްބިން ކޮތަޅު ބުރާސްފަތި ދުވަހުން ފެށިގެން ވިއްކުމަށް ވެމްކޯއިން ދަނީ ތައްޔާރުވަމުންނެވެ.

ވިޔަފާރިތަކުން ދޫކުރާ ކޮތަޅުން ރުފިޔާ ނަގަން ލާޒިމްވީ ނަމަވެސް، ކުނި މެނޭޖް ކުރުމާ ގުޅޭ އިދާރާ އިން ފޯރުކޮށްދޭ ކޮތަޅުން ފީ ނަގައިގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ. އެހެންނަމަވެސް ގާނޫނަކުން އަމަލު ކުރަން ފެށިއިރު ވެސް އެކަން އޮތީ ނުވެ އެވެ.

އެކަމާ ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުންތައް ހުރިއިރު، ވެމްކޯއިން ބުނީ އެޕްރީލް 27، އިން ފެށިގެން ބިންލައިނާ ކޮތަޅު ވިއްކަން އެ ކުންފުނިން ފަށާނެ ކަމަށެވެ. އަދި މި ކޮތަޅުތައް ވެމްކޯ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ފްރޮންޓް އޮފީސްތަކުން ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވެމްކޯއިން ވަނީ ތިން ސައިޒެއްގެ ކޮތަޅެއް ވިއްކަން ނިންމައިފަ އެވެ. އެއީ 17 އިންޗި، 11 އިންޗީގެ ކޮތަޅާއި 27 އިންޗި 18 އިންޗީގެ ކޮތަޅާއި 48 އިންޗި 36 އިންޗީގެ ކޮތަޅެވެ. މި ކޮތަޅުތަކުގެ ތެރެއިން ނެތިފަނާވެދާ ކުނި ބަންދު ކުރާނީ ފެހިކުލައިގެ ކޮތަޅުގައި ކަމަށާއި އެހެނިގެން ކުނި ބަންދުކުރާނީ ކަޅު ކުލައިގެން ކޮތަޅުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކުނި އުކާލުމަށް ހަމައެކަނި މި ކޮތަޅު ބޭނުން ކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވެ އެވެ. އެހެންނަމަވެސް ކޮތަޅު ވިއްކާ އަގު އާންމުކޮށްފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox