ރިޔާސީ ޓިކެޓު ހޯއްދަވަން އުޅޭ ވާހަކަ މުއިއްޒު ދޮގު ކުރައްވައިފި

މުއިއްޒު ވިދާޅުވީ ކެމްޕޭނުކުރާކަމަށް ވާހަކަތައް ދެކެވެމުން ދަނީ ޕާޓީތެރެ ބައިބައިކުރުމަށް ކަމަށް -- ފޮޓޯ؛ މުހައްމަދު ޝާބިން/އަދަދު

މުއިއްޒު ވިދާޅުވީ ކެމްޕޭނުކުރާކަމަށް ވާހަކަތައް ދެކެވެމުން ދަނީ ޕާޓީތެރެ ބައިބައިކުރުމަށް ކަމަށް -- ފޮޓޯ؛ މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓު މިވަގުތު ޖަލުގައި ހުންނެވި އެ ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީނަށް ދީފައި އޮއްވައި، އެ ޕާޓީގެ މެމްބަރު އަދި މާލޭގެ މޭޔަރު ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވާ ކަމަށް ކުރާ ތުހުމަތުތައް އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.

މުއިއްޒަށް ރިޔާސީ ޓިކެޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައެއް ޕާޓީން ބަލަން ފަށާފައި އޮއްވައި އޭނާ މިއަދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެފަދަ ވާހަކަތައް ބަޔަކު ފަތުރަނީ ޕާޓީ ބައިބައި ކުރުމުގެ މަގްސަދުގައި ކަމަށެވެ.

"ބަޔަކު ރާވައިގެން ބައިބައިކުރަން ދައްކާ ވާހަކަތަަކެއް އެއީ. އަޅުގަނޑުމެންގެ ކެނޑިޑޭޓަކީ ރައީސް ޔާމީނު ހަމަ. އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

މުއިއްޒަށް ރިޔާސީ ޓިކެޓު ހޯދަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ބެލީ މާލޭ ސިޓީ ކައުންސިލް މެމްބަރު އާދަމް ރަމީޒުގެ މައްސަލައެކެވެ. ނަމަވެސް ޕާޓީން މައްސަލަ ބަލަން ފެށި ހިސާބުން އޭނާ ވަނީ ޕީޕީއެމުން ވަކިވެފަ އެވެ. ޕާޓީން ފަހުން ބުނީ ރަމީޒުގެ މައްސަލަ ބަލަން ފެށީ ޔާމީން އަންގަވައިގެން ކަމަށެވެ.

"ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީއަށް ހުރަސް އެޅޭ ނުވަތަ އުނިކަން އަންނަ ފަދަ ކަމެއް ރިޔާސީ ކެންޑިޑޭޓަށް އެނގިވަޑައިގެން ހިނގާ ކަމަށްވާ ނަމަ އެކަމާ ދޭތެރޭ އެމަނިކުފާނަށް އޮންނާނެ ފުރިހަމަ އިހުތިޔާރު އެކަމަށް ގޮތެއް ނިންމުމަށް،" ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތު ކައިރިވަމުން އަންނަ އިރު، ޕީޕީއެމްގެ ލީޑަރު އަަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް މިދިޔަ ޑިސެމްބަރުު 25، ވަނަ ދުވަހު ކުރި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރައްވަމުންނެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ރައީސްކަން ކުރުމުގެ އެއް ޝަރުތަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުުވެގެން 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox