ބުރާސްފަތި ދުވަހުން ފެށިގެން ވެމްކޯއިން ޑަސްޓްބިން ކޮތަޅު ލިބޭނެ

ޕްލާސްޓިކް ކޮޓަޅަށް އަޅައި އުކާލަން ނެރެފައިވާ ކުނިތަކެއް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕްލާސްޓިކް ކޮޓަޅަށް އަޅައި އުކާލަން ނެރެފައިވާ ކުނިތަކެއް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާ ގުޅިގެން ވެމްކޯއިން ފޯރުކޮށްދޭން ޖެހޭ ޕްލާސްޓިކް ޑަސްޓްބިން ކޮތަޅު ބުރާސްފަތި ދުވަހުން ފެށިގެން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވިޔަފާރިތަކުން ދޫކުރާ ކޮތަޅުން ރުފިޔާ ނަގަން ލާޒިމްވީ ނަމަވެސް، ކުނި މެނޭޖް ކުރުމާ ގުޅޭ އިދާރާ އިން ފޯރުކޮށްދޭ ކޮތަޅުން ފީ ނަގައިގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ. އެހެންނަމަވެސް ގާނޫނަކުން އަމަލު ކުރަން ފެށިއިރު ވެސް އެކަން އޮތީ ނުވެ އެވެ.

މިކަމާ ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުންތައް ހުރިއިރު، ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެޕްރީލް 27 އިން ފެށިގެން ބިންލައިނާ ކޮތަޅު ވިއްކަން އެ ކުންފުނިން ފަށާނެ ކަމަށެވެ. މި ކޮތަޅުތައް ލިބެން ހުންނާނީ ވެމްކޯ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ފްރޮންޓް އޮފީސްތަކުންނެވެ.

ވެމްކޯއިން ވަނީ ތިން ސައިޒެއްގެ ކޮތަޅެއް ވިއްކަން ނިންމައިފަ އެވެ. އެއީ 17 އިންޗި، 11 އިންޗީގެ ކޮތަޅާއި 27 އިންޗި 18 އިންޗީގެ ކޮތަޅާއި 48 އިންޗި 36 އިންޗީގެ ކޮތަޅެވެ. މި ކޮތަޅުތަކުގެ ތެރެއިން ނެތިފަނާވެދާ ކުނި ބަންދު ކުރާނީ ފެހިކުލައިގެ ކޮތަޅުގައި ކަމަށާއި އެހެނިގެން ކުނި ބަންދުކުރާނީ ކަޅު ކުލައިގެން ކޮތަޅުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކުނި އުކާލުމަށް ހަމައެކަނި މި ކޮތަޅު ބޭނުން ކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވެ އެވެ. އެހެންނަމަވެސް ކޮތަޅު ވިއްކާ އަގު އާންމުކޮށްފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox