އާބަންކޯގެ އިސް ސްޓާފުންނަށް ފްލެޓު ބެހި ތުހުމަތު ދޮގުކޮށްފި

އާބަންކޯގެ އިސް ސްޓާފުންނަށް ފްލެޓު ބެހި ތުހުމަތު ދޮގުކޮށްފި

އާބަންކޯގެ އިސް ވެރިންތަކަކަށް ފުލެޓުތަކެއް ބަހާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާއާއި ބައެއް ނޫސްތަކުގައި ފަތުރާފައިވާ ހަބަރު އާބަންކޯއިން ދޮގުކޮށްފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއްވެސް މުވައްޒަފަކަށް ފުލެޓެއް ބަހާފައި ނުވާނެ ކަމަށާއި، ދައުރު ކުރަމުން ގެންދަނީ ސައްހަ ލިސްޓެއް ނޫން ކަމަށެވެ.

އަދި މިދިޔަ ބުރާސްފަތި ދުވަހު، އެ ކޯޕަރޭޝަނުގެ މުވައްޒަފުންނަށް ނެރުނު މެމޯގައި ބަޔާން ކޮށްފައިވާ 34 ހައުސިން ޔުނިޓަކީ އެއީ މިދިޔަ އަހަރު، އޭރުގެ އެޗްޑީސީން ކުރިއަށް ގެންދިޔަ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ހިންގި މަޝްރޫއުގެ ތެރެއިން 'އެންޑު ޔޫސާ ފައިނޭންސް މޮޑެލް' ގެ ދަށުން ވިއްކުމަށް ހުޅުވާލި ފުލެޓުތަކުގެ ތެރެއިން، ފުލެޓުތައް ގަތުމަށް ޝަރުތު ހަމަވި ބައެއް މުވައްޒަފުން ދޫކޮށްލި ފުލެޓުތަކާއި އެއްވެސް މުވައްޒަފަކު ގަތުމަށް ފޯމު ހުށަހަޅާފައި ނުވާ ޔުނިޓުތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement

އަލުން އެ ޔުނިޓުތައް ވިއްކުމަށް ހުޅުވާލީ އެ ޔުނިޓުތަކަށް ޝަރުތު ހަމަވާ 800 އަށްވުރެ ގިނަ މުވައްޒަފުން މިހާރު ވެސް އާބަންކޯގައި ތިބުމާއި، އެ ކޯޕަރޭޝަނުން ހިންގަން ރާވާފައިވާ މަޝްރޫއުތަކަށާއި ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކުގެ އަގު ހަމަ ކުރުމުގެ ގޮތުން ކަމަށް އާބަންކޯއިން ބުނެފައިވެ އެވެ.

"2022 ވަނަ އަހަރު ހިންގުނު ސްޓާފް ހައުސިން ސްކީމް ހުޅުވާލިފަހުން އެއް އަހަރު ވެފައިވުމާ އެކު، އެ ސްކީމްގެ ތެރެއިން ފުރުސަތު ނުލިބޭ ތިބިކަން ވަނީ ފާހަގަ ކުރެވިފަ އެވެ. މިހެންކަމުން މި މުވައްޒަފުންނަށް އާ ފުރުސަތެއް ދިނުމާ އެކު މި ކޯޕަރޭޝަނުން ހިންގަން ރާވާފައިވާ މަޝްރޫއުތަކަށާއި ވިޔަފާރި އުސޫލުން ދޫކޮށްފައިވާ އަގު ހަމަކުރަން ބޭނުންވާތީ،" އަލުން އެ ޔުނިޓުތައް ވިއްކުމަށް ހުޅުވާލި ސަބަބު ބަޔާން ކުރަމުން އާބަންކޯއިން ބުނެފައިވެ އެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރާ ފުލެޓުތަކުން، ބިމުގެ އަގު ދެއްކުމުގެ ބަދަލުގައި ބައެއް ހައުސިން ޔުނިޓުތައް އަސްލު އަގަށްވުރެ ހެޔޮކޮށް އާބަންކޯއަށް ދޭން ޖެހެއެވެ. އެގޮތުން އަލުން ވިއްކުމަށް ހުޅުވާލާފައި ވަނީ ހުޅުމާލޭގައި އިމާރާތް ކުރި ހަތަރު ފުލެޓެއްގެ ތެރެއިން އާބަންކޯއަށް ލިބިފައިވާ ޔުނިޓުތަކެކެވެ.

އެޗްޑީސީގެ ވެރިންނަށް ފުލެޓުތަކެއް ބަހާލާފައިވާ ކަމަށް ބުނެ މީސްމީޑީއާގައި ދައުރުކުރަމުންދާ ލިސްޓަކީ އަމިއްލައަށް ބަޔަކު ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށާއި އެ ވާހަކަތައް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ އެ ކޯޕަރޭޝަނުގެ އެއްވެސް ބަހެއް ނުހިމަނައިކަން އާބަންކޯއިން ފާހަކޮށްފައިވެ އެވެ. އަދި އެ ހަބަރު ފަތުރަމުން ގެންދަނީ އެ ކޯޕަރޭޝަނުގެ އަގު ވައްޓާލުމުގެ ގޮތުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހ'ުޅުމާލޭގައި ހިންގޭ މަޝްރޫއުތަކާއި ވަކިން ހާއްސަކޮށް އާންމު ރައްޔިތުންނާ ގުޅިފައި ހުންނަ މިފަދަ މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ ވީހާވެސް ހާމަކަން ބޮޑުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިންނެވެ،" އާބަންކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ އެ މަސައްކަތް ގެންދަނީ އާބަންކޯގެ އިންޓާނަލް އޮޑިޓުން ގަވާއިދުން ބަލަމުން ކަމަށާއި، ކަމާބެހޭ އެހެން މުއައްސަސާތަކުން ވެސް އެ މަސައްކަތް ކުރިއަށް ދާގޮތް ބެލުމަށް އެ ކޯޕަރޭޝަނުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

އަދި އާބަންކޯއިން ކުރިއަށް ގެންދާ ހުރިހާ މަޝްރޫއުތަކަކާ ބެހޭ ގޮތުން ވެސް އެއްވެސް އުނި އިތުރުކުރުމެއް ނެތި، މީޑިއާތަކުންނާއި ރައްޔިތުން ކުރާ ސުވާލުތަކަށް ވެސް ޖަވާބު ދޭނެ ކަމަށް އާބަންކޯއިން ބުނެފައިވެ އެވެ.

"އަދި ރައްޔިތުންގެ އެއްވެސް ހައްގަކަށް އުނިކަމެއް އަންނާނެ ފަދަ، އަދި ހައްގެއް ނިގުޅައިގަނެވޭނެ ފަދަ އެއްވެސް އަމަލެއް މި ކޯޕަރޭޝަނުން ނުހިންގާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އާބަންކޯއިން މިފަދަ ބަޔާނެއް ނެރެފައި ވާއިރު މީގެ ކުރިން ވެސް އެކި ކަންކަމާ ގުޅިގެން ބައެއް ނޫސްތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ރިޕޯޓުކޮށްފައިވެ އެވެ. އޭގެތެރެއިން ބައެއް ފަހަރު އެ ނޫސްތަކުން މައާފަށް ވެސް އެދިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox