ރާއްޖޭގައި މެލޭރިއާ ކޭސްއެއް; މުޖުތަމައުގައި ފެތުރުމުގެ ފުރުސަތެއް ނެތް

އައިޖީއެމްއެޗް؛ ރާއްޖެއިން މެލޭރިއާގެ ކޭސްއެއް ވަނީ ފެނިފައި

އައިޖީއެމްއެޗް؛ ރާއްޖެއިން މެލޭރިއާގެ ކޭސްއެއް ވަނީ ފެނިފައި

ރާއްޖެއިން ނައްތާލާފައިވާކަން އިއުލާނުކޮށްފައިވާ މެލޭރިއާގެ ކޭސްއެއް ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްދީފި އެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖެއިން ބޭރުން މެލޭރިއާ ޖެިފައި ތިބި މީހުން ރާއްޖެ އައިސްގެން ޕޮޒިޓިވްވާ ކޭސްތައް ފެންނަ ކަމަށެވެ. އަދި, އޮންނަ އުސޫލުގެ ތެރެއިން އެމީހުންނަށް ފަރުވާ ދިނުމާއި، ސިއްހީ ހިދުމަތްދޭ ތަނާ ގުޅިގެން އެޗްޕީއޭއިން މަސައްކަތް ކުރާ ކަމަށެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ ރާއްޖެއިން މެލޭރިއާގެ ކޭސްއެއް ފެނިގެން އުޅުނު ނަމަވެސް އެ ބަލި މުޖުތަމައު ތެރޭގައި ފެތުރުމުގެ ފުރުސަތު ނެތް ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެ އެވެ.

މެލޭރިއާއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށް 2015 ވަނަ އަހަރު ޑަބްލިއު އެޗްއޯއިން ވަނީ ކަނޑައަޅާފަ އެވެ. މެލޭރިއާގެ ކޭސްއެއް ނުފެންނަތާ ތިން އަހަރުވެފައިވާ ގައުމުތަކަށް، އެ ގައުމުން މި ބަލި ނައްތާލެވިފައިވާ ކަމަށް ކަނޑައަޅަން އެދި ޑަބްލިއުއެޗްއޯއަށް ހުށަހެޅޭނެ އެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ މެލޭރިއާއަށް އުފެއްދި ވެކްސިނަށް ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައި ވަނީ 2021 ވަނަ އަހަރެވެ. މެލޭރިއާއާ ދެކޮޅަށް ރަނގަަޅު ވެކްސިނެއް އުފައްދަން ސައިންސްވެރިން ވަނީ ގަރުނަކަށް ވުރެ ގިނަ ދުވަސް މަސައްކަަތްކޮށްފަަ އެވެ.

ޑަބްލިއުއެޗްއޯގެ ދުނިޔޭގެ މެލޭރިއާ ރިޕޯޓު 2020 ގައިވާ ގޮތުން މި ބަލީގެ ސަބަބުން އެންމެ ގިނަ ބަޔަކު މަރުވަނީ އެފްރިކާ ގައުމުތަކުގަ އެވެ. އެގޮތުން 2018 ގައި 411،000 މީހުން އަދި 2019 ގައި 409،000 މީހުން މުޅި ދުނިޔެއިން މެލޭރިއާ ޖެހިގެން މަރުވި އެވެ.

މެލޭރިއާ ޖެހިގެން މަރުވާ މީހުންގެ 90 ޕަސެންޓު ނިސްބަތްވަނީ އެފްރިކާ އަށެވެ. އަދި އެފްރިކާގައި ވެސް އެންމެ ގިނައިން މަރުވަނީ ކުޑަކުދިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox