ސަޗިންގެ ދަރިފުޅު އަރްޖުން ފުރަތަމަ ފަހަރަށް އައިޕީއެލް މެޗަކަށް

Apr 17, 2023, 12:59 AM
މުމްބާއީ އިންޑިއަންސް އިން މެޗުން މޮޅުވުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން އަރްޖުން.

މުމްބާއީ އިންޑިއަންސް އިން މެޗުން މޮޅުވުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން އަރްޖުން.

މުމްބާއީ (އޭޕްރީލް 17) - އިންޑިއާގެ ލެޖެންޑަރީ ކްރިކެޓް ތަރި، ސަޗިން ޓެންޑުލްކަރުގެ ދަރިފުޅު، އަރްޖުން ޓެންޑުލްކާ، ފުރަތަމަ ފަހަރަށް އިންޑިއާގެ މަޝްހޫރު ފްރެންޗައިސް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި މެޗެއްގައި ކުޅެފި އެވެ.

މުމްބާއީ އިންޑިއަންސް އަށް ކުޅޭ 23 އަހަރުގެ އަރްޖުން ޓެންޑުލްކާގެ ފުރަަތަމަ މެޗަކީ ރޭ ވަންކެޑޭ ސްޓޭޑިއަމްގައި މުމްބާއީ އިން ފަސް ވިކެޓުން ކޮލްކަތާ ނައިޓް ރައިޑާސް ބަލިކުރި މެޗުގަ އެވެ. ވިކެޓެއް ނުނެގި ދެ އޯވަރުގައި އުކި އަރްޖުން އަތުން 17 ލަނޑު ގެއްލުނު ނަމަވެސް މުޅިން އަލަށް މި ލެވަލްގެ މެޗަކަށް ނުކުމެ ދެއްކި ސާބިތުކަމަށް އޭނާގެ ބައްޕަ، ސަޗިން ވަނީ ތައުރީފުކޮށްފަ އެވެ.

"އަރްޖުން، މިއަދު (ރޭ) ތި ވަނީ ކްރިކެޓް ކުުޅުންތެރިއެއްގެ ދަތުރުގައި ވަރަށް މުހިންމު ފެށުމެއް ފަށާފައި. ބައްޕަ އެއްގެ ހައިސިއްޔަތުންނާއި ކްރިކެޓްގެ ލޯބިވެރިއެއްގެ ހައިސިއްޔަތުން އަހަރެން އެދެނީ ކާމިޔާބަށް އަދި ކްރިކެޓުން އިހުތިރާމް ލިބި އެ ވަރުގެ ކުޅުމެއް ދައްކާނެ ކަމަށް ހީކުރަން،" ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރި ސަޗިން، 49، ބުންޏެވެ.

"މި ހިސާބަށް އަންނަން އަރްޖުން ވަރަށް މަސައްކަތް ކޮށްފި، އެދެނީ ތި މަސައްކަތުގައި އިތުރު ކާމިޔާބީތަކެއް ހޯދުން،"

ސަޗިން އާއި އަރްޖުން އަކީ އައިޕީއެލް ތާރީހުގައި ވެސް މި މުބާރާތުގައި ކުޅުނު ފުރަތަމަ ދެބަފައިންނެވެ. ފަސް ފަހަރު އައިޕީއެލް ކާމިޔާބުކުރި މުމްބާއީ އިންޑިއަންސް ޓީމުގައި 2021 ވަނަ އަހަރުން ފެށިގެން އަރްޖުން ހިމެނެމުން އައި ނަމަވެސް މެޗެއް ކުޅެލަން މި ލިބުނީ މި ފަހަރު އެވެ.

ބޭނުންވި ދުވެލީގައި ކެރިއަރުގައި ކުރިއަރައިގެން ނުދިޔަ ނަމަވެސް އަރްޖުން ފަހަކަށް އައިސް އަންނަނީ ކެރިއަރުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. އެ ގޮތުން، އިންޑިއާގެ ޑޮމެސްޓިކް ކްރިކެޓުގެ އެންމެ ބޮޑު މުބާރާތް، ރަންޖީ ޓްރޮފީގައި ގޯއާ ޓީމުގައި ހިމެނިގެން ކުޅެމުން މިދިޔަ އަހަރު އަރްޖުން ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox