ސިޔާމު ނޫސްވެރިންނަށް ބިރު ދެއްކި މައްސަލަ މަޖިލީހަށް

މީދޫ ދާއިރާގެ މެންބަރު ސިޔާމް؛ އޭނާ ނޫސްވެރިންތަކަކަށް ބިރު ދެއްކި މައްސަލައެއް ވަނީ ފެންމަތިވެފައި-- ފޮޓޯ: މަޖިލިސް

މީދޫ ދާއިރާގެ މެންބަރު ސިޔާމް؛ އޭނާ ނޫސްވެރިންތަކަކަށް ބިރު ދެއްކި މައްސަލައެއް ވަނީ ފެންމަތިވެފައި-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ނޫސްވެރިންތަކަކަށް ބިރު ދެއްކި މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފި އެވެ.

"ސިޔާމާއި ހިލްޓަންގެ މައްސަލަ؛ ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" ނަމުގައި "ދައުރު" ނޫހުގައި ޝާއިއު ކުރި ރިޕޯޓަކާ ގުޅިގެން އާޓިކަލް ލިޔުނު ނޫސްވެރިޔާ އަދި އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް، އަހުމަދު ނާއިފަށާއި އެ ނޫހުގެ އެޑިޓަރަށް ސިޔާމް ގުޅައި ބިރު ދައްކާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އަދި އޭގެ ފަހުން އެ ނޫސްވެރިޔާއަށް ވަނީ މަރުގެ އިންޒާރުގެ މެސެޖުތައް ލިބިފަ އެވެ. ނާއިފާއި ސީނިއާ އެޑިޓަރަށް ފޮނުވި މެސެޖުގައި އެ ދެމީހުންނާ "މަގުމަތިން ދިމާކޮށްލާނެ" ކަމަށާއި "ފުރާނަ ދުއްވާލަން ވެސް ފަސްނުޖެހޭނެ" ކަމަށް ބުނެފައި ވެއެވެ. މި މައްސަލަ މިހާރު ނާއިފް އަދި ދައުރު ނޫހުގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

Advertisement

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ އެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވައިލައިފަ އެވެ.

"މި ނޫސްވެރިންނަށް މަރުގެ އިންޒާރު ދީފައިވާއިރު، މީގެ ކުރިން ވެސް ނޫސްވެރިންނަށް ދީފައިވާ މަރުގެ އިންޒާރުތަކާއި ނޫސްވެރިން ވަގަށް ނެގުމާއި އަދި ހަމަލާތަކުގެ ފުރިހަމަ ތަހުގީގެއް ހިންގި އިންސާފު ގާއިމް ކޮށްދެވިފައިނުވޭ،" ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ފިޔަވަޅު ނޭޅުމަކީ ނޫސްވެރިންނަށް އޮތް ރައްކާތެރިކަން ގެއްލި، ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އޮތް ހިސާބަށް ވުރެ އިތުރަށް ފަހަތަށް ގޮސްދާނޭ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ސަރުކާރާ ދެކޮޅު މެންބަރުން މަޖިލީހަށް ހުށަހަޅާ އެހެން ކުއްލި މައްސަލަތަކާ ހިލާފަށް މި މައްސަލަ ވަނީ ބަލައިގަނެ، ބަހުސް ފަށައިފަ އެވެ. މައްސަލަ ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 18 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox