މާރިޔާ ވިދާޅުވީ މެމްބަރުން ސުވާލު ކުރެއްވީ ގާނޫނީ ތަރަހައިގެ ބޭރުން ކަމަށް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި-- ފޮޓޯ: މަޖިލިސް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި-- ފޮޓޯ: މަޖިލިސް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަޖިލީހަށް ހާޒިރުކުރައްވައި މެންބަރު ކުރެއްވި ގިނަ ސުވާލުތަކަކީ ގާނޫނީ ތަރަހައިން ބޭރު ސުވާލުތަކެއް ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާރިޔާ ހާޒިރުކޮށްފައިވަނީ އިންޑިއާއަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދާ ގުޅޭގޮތުން އަލިމަސް ކާނިވަލުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުގައި ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ހަދާ މީހުންނާ މެދު އިހާނެތި ކޮށް ހިތުމަކީ ތާއީދު ކުރާ ކަމެއްތޯ އާއި އަދި ޝަރަފުވެރިކަމާ އެކު ރިޓަޔާވެފައިވާ ބޭފުޅުންނަށް ކުޑައިމީސް ބަސް ބުނުމަށްފަހު މާފަށް އެދެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާތޯ ސުވާލު ކުރައްވައިފަ އެވެ.

Advertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވަނީ ދިފާއީ ވަޒީރުގެ ހައިސިއްޔަތުން ކުރާ ރަސްމީ މަސައްކަތްތައް ގާނޫނުގައިވާ ގޮތަށް ކިޔައިދެއްވައިފަ އެވެ. އަދި، ދިފާއީ ވަޒީރުގެ ހައިސިއްޔަތުން މެންބަރުގެ ސުވާލުގައިވާ ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

މެންބަރު ސުވާލު ކުރެއްވީ ދިފާއީ ވަޒީރުގެ ހައިސިއްޔަތުން ކުރި ކަމެއް ކަމުގައި ނޫން ކަމަށާއި އަމިއްލަ ކަމެެއްގައި ސުވާލު ކުރެވޭނީ އެ ކަމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމެއް ނުވަތަ ރައްޔިތަކަށް ގެއްލުމެއް ލިބިދޭ ފަދަ ކަމަކަށް ނުވާނަމަ ކަމުގައި އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގާނޫނާ ހިލާފު ކަމެއް ކޮށްފައެއް ވެސް ނުވާނެ، ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް ކަމެއް ވެސް ކޮށްފައިނުވާނެ، އެހެންކަމުން އިއްޒަތްތެރި މެންބަރުގެ ސުވާލަކީ ގާނޫނު ނަންބަރު 2/2005 ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ދަށުން އަޅުގަނޑާ ކުރެވޭނެ ސުވާލެއް ކަމުގައި އަޅުގަނޑު ގަބޫލެއް ނުކުރަން،" މާރިޔާ ވިދާޅުވި އެވެ.

އިތުރު ސުވާލު ކުރުމުގެ ވަގުތުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑު ހުއްޓުވީ ދުރާލާ ރާވައިގެން ކުރި ކަމެއްތޯ އާއި އާންމުކޮށް މުޒާހަރާ ކުރާ މަގަކުން ދަތުރުކުރީ ގަސްދުގައިތޯ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ވެސް މާރިޔާ ދެއްްވީ ހަމަ އެ ޖަވާބެވެ. އެ ސުވާލަކީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ތެރެއިން ކުރެވޭނެ ސުވާލެއް ނޫން ކަމަށެވެ.

"ވަޒީރުގެ ރަސްމީ ދައުރުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރޫޓު ކަނޑައެޅުމަކީ ދިފާއީ ވަޒީރު ކުރާ ކަމެއް ނޫން، އެހެންވީމާ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ސުވާލެއް ކަމަކަށް ގަބޫލެއް ނުކުރަން،" މާރިޔާ ވިދާޅުވި އެވެ.

މި ދެ މައްސަލައިގައި ވެސް މާރިޔާއަށް ބޮޑެތި ތުހުމަތުތަކާއި ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox