އިންޓަ އަށް އެއްވަރުކޮށްދިން ލުކާކޫ އަށް ރަތެއް

Apr 5, 2023, 12:29 AM
ނަތީޖާ ހަމަހަމަކުރި ޕެނަލްޓީ ޖެހުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ.

ނަތީޖާ ހަމަހަމަކުރި ޕެނަލްޓީ ޖެހުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ.

ޓިއުރިން (އޭޕްރީލް 5) - އިޓާލިއަން ކަޕްގެ ސެމީ ފައިނަލު ފުރަތަމަ ލެގުގައި ރޭ ފަހު ވަގުތު ޕެނަލްޓީއެއް ކާމިޔާބުކޮށް، އިންޓަ މިލާނަށް ޔުވެންޓަސްއާ 1-1 އިން އެއްވަރުކޮށްދިން ގޯލު ޖެހި އިންޓަގެ ރޮމެލޫ ލުކާކޫ އަށް ރަތް ކާޑެއް ދައްކައިފި އެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި އެ ޓީމުން ލީޑުނެގީ 83 ވަނަ މިނިޓްގައި އޭރިއާތެރެއިން ހުއާން ކުއަޑްރާޑޯ ޖެހި ގޯލުންނެވެ. ޔުވެންޓަސްގެ ގްލެއިސަން ބްރެމާ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އަކުން އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ލުކާކޫ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އެކަމަކު، ޕެނަލްޓީ ގޯލަށް ވައްދާލައި އުފާފާޅުކުރުމުގެ ތެރޭގައި ލުކާކޫ ޔުވެންޓަސްގެ ސަޕޯޓަރުންނާ ދިމާކޮށްލާ މޭރުމުން ހަރަކާތްތެރިވެފައިވާތީވެ، ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ލުކާކޫ އަށް ރަތް ކާޑު ދައްކައިފަ އެވެ.

މެޗަށް ފަހު ހިނގައިދިޔަ ހަމަނުޖެހުންތަކެއްގެ ސަބަބުން ރެފްރީ ވަނީ އިންޓަގެ ކީޕަރު ސާމިރު ހަންޑަނޯވިޗާއި ޔުވެންޓަސްގެ ކުއަޑްރާޑޯ އަށް ރަތެއް ދައްކައިފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ އިން ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނާނީ އިތުބާރާ އެކުގައި ކަމަށް އިންޓަގެ ކޯޗު ސިމޯން އިންޒާގީ ވަނީ ބުނެފަ އެވެ.

ރޭގެ މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަން އެނގޭނީ ވީޑިއޯތައް ބެލުމަށް ފަހު ކަމަށް ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ވަނީ ބުނެފަ އެވެ.

އިޓާލިއަން ކަޕްގެ އަނެއް ސެމީގައި ކުޅެނީ ފިއޮރެންޓީނާ އާއި ކްރެމޮނީސޭ އެވެ. ދެ ވަނަ ލެގު އޮންނާނީ މި މަހު 26 އާއި 27 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާޒިޔާ އާއި ނިއު ރޭޑިއަންޓް ވަރުގަދަ ފެށުމާ އެކު ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މާޒިޔާ އާއި ނިއު ރޭޑިއަންޓުން މުބާރާތުގެ ވަރުގަދަ ފެށުމެއް ދަމަހައްޓައިފިއެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ފޯރިގަދަ މެޗެއްގައި އަންނަ އާދިއްތަ ދުވަހު ނިއު އާއި މާޒިޔާ ބައްދަލުކުރާނެއެވެ.

ސިޓީއާ ޔުނައިޓެޑުން އަރާހަމަކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމަކަށް އަލުން ޔުނައިޓެޑް ހަދައި، ސިޓީގެ ކުރި ހޯދާނެ ކަމަށް. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުންވާނެ ކަމަށާއި، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައި.

އެމްއައިބީން ގައުމީ ބިލިއާޑު ޗެމްޕިއަންކަން ހޯދައިފި

ޤައުމީ ބިލިއާޑް މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-2 އިން ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައި.

ލުކާކޫ، 16 އަހަރަށް ފަހު ބެލްޖިއަމް ޓީމުން ރިޓަޔާކޮށްފި

ބެލްޖިއަމްގެ ގައުމީ ޓީމަށް 16 އަހަރު ކުޅެދިނުމަށްފަހު، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮމެލޫ ލުކާކޫ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ޖުމްލަ 135 މެޗުން 94 ލަނޑު ކާމިޔާބުކޮށްފައިވާ ލުކާކޫ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ޔޫރޯ ކޮލިފައިންގެ ރެކޯޑް އޮތް ކުޅުންތެރިޔާ

ލިބުނީ މަދު ވަގުތުކޮޅެއް، ޝަކުވާނުކޮށް ހޯދައިދިނީ ސާފްގެ ތަށި!

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް ތައްޔާރުވާން މަދު ވަގުތުކޮޅެއް ލިބުނުއިރު، މުބާރާތުގެ ތެރެއިން މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. ނަމަވެސް ކޯޗު ނައުޝާދުގެ އިރުޝާދުގެ ދަށުން، ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށްގެން އިންޑިއާ އިން ވަނީ ޝަކުވާއެއް ނެތި ތަށި ހޯދާފައި

ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

ބަންގްލަދޭޝްގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް، މުޅި މުބާރާތުގެ ފެއާޕްލޭ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައި. މިއީ ލަނޑެއް އަދި ޕޮއިންޓެއް ނުލިބި ރާއްޖެ މި މުބާރާތުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ނަތީޖާއ

ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ތަށި ހައިޝަމް އާއި ނަބާ އަށް

އެމްއައިބީ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ ފިރިހެން ސިންގަލްސް ތަށި ހައިޝަމް އިބްރާހިމް އަލީ ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ ފާތިމަތު ނަބާހާ އެވެ. މި މުބާރާތުގެ ފިރިހެން ޑަބަލްސް ޒަޔާން އާއި ނިބާލް ކާމިޔާބުކުރިއިރު، އަންހެން ޑަބަލްސް ތަށި ހޯދީ ނަބާ އާއި ނަބީހާގެ ޕެއާ އިންނެވެ.

Newsletter

Get the latest news delivered straight to your inbox