ސިޓީ ކައުންސިލަކުން "ދެ ރުއް ދޭތެރެއިން" ޕާކިން ސްލޮޓެއް ނުދޭ: މުއިއްޒު

މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ސިޓީ ކައުންސިލަކުން 'ދެ ރުށް ދޭތެރެއިން' ޕާކިން ސްލޮޓެއް ނުދޭ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ސިޓީ ކައުންސިލަކުން 'ދެ ރުށް ދޭތެރެއިން' ޕާކިން ސްލޮޓެއް ނުދޭ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލޭ ދެކުނު ފަރާތު ބޭރު މަގުގައި ސިޓީ ކައުންސިލުން އިންދި ކަދުރު ރުއްތަކުގެ ދޭތެރެއިން ޕާކިން ސްލޮޓުތައް ދޫނުކުރާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ކަދުރު ދެ ރުއް ދޭތެރެއިން ޕާކިން ސްލޮޓު ދޫކުރަނީތޯ އާންމު މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން "އަދަދު" އިން ސުވާލުކުރުމުންނެވެ. އެ ޕޯސްޓުކުރި ފަރާތުން ސޯޝަލްމީޑިއާގައި ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުން ބޭރުމަގުގައި ހުންނަ މެރީ ބްރައުން ރެސްޓޯރަންޓާ ދިމާލުން ސައިކަލު ޕާކު ކުރެވޭނެ ގޮތަށް ރޮނގު ކުރަހާފައި ހުއްޓެވެ.

އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ އެއީ ކުރިން ދުވާރާ ހިސާބަށް ވަރަށް ބޮޑަށް ގޮނޑުވެފައި އޮތް ސަރަހައްދެއް ކަމަށާއި އެ ތަނުގައި ހެދިފައިހުރި ވިނަތަކާއި 'އުކާލާފައި' ހުރި ވެހިކަލްތައް ސިޓީ ކައުންސިލުން ނަގާ ސާފުކުރުމަށްފަހު އެ ތަނުގައި ޕާކް ކުރެވޭނެ ގޮތް ހެދީ އެ ހިސާބުގައި ޕާކިން ޖާގައެއް ނެތުމުން ކަމަށެވެ.

"ގްރައުންޑުކޮށްފަ ހުރި ވެހިކަލްތަކެއް ނަގާފަ(ޕާކިން ޖާގަ ދިނީ)، އެތަނުގައިވެސް އިންނާނީ 6 ސައިކަލު ޕާކްކުރާނެ ޖާގަ، ދެން އެ ހިސާބުގަ އެއްގޮތަކަށްވެސް ނުހުރޭ ވިއްޔަ ޕާކިން އޭރިއާއެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ބޭރު މަގުގައި ދެން އިންދާފައިވާ ހުރި ރުއްތަކުގެ މެދުގައި އާންމުކޮށް މީހުން ޕާކް ކުރަމުންދަނީ ސިޓީ ކައުންސިލުން ހުއްދަދީގެން ނޫން ކަމަށާއި އެއީ ގަވާއިދާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox