ޔޫތު މިނިސްޓްރީގެ ގުދަނެއް ސިޓީ ކައުންސިލުން ހުސްކުރަނިކޮށް ފުލުހުން ހުއްޓުވައިފި

އެ ގުދަން ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ؛ ހުއްޓުވާފައިވަނީ ފުލުހުން ނުކުމެ-- ފޮޓޯ: މިނިސްޓަރު މަހުލޫފް

އެ ގުދަން ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ؛ ހުއްޓުވާފައިވަނީ ފުލުހުން ނުކުމެ-- ފޮޓޯ: މިނިސްޓަރު މަހުލޫފް

ޔޫތު މިނިސްޓްރީގެ މުދާ ވައްދާފައި ހުރި ގުދަނެއް، އެ މިނިސްޓްރީއަށް ނޭނގި ސިޓީ ކައުންސިލުން ހުސްކުރަނިކޮށް ފުލުހުން ގެނެސްގެން ހުއްޓުވައިފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލުގެ ބިމެއްގައި ހުރި އެ މިނިސްޓްރީގެ ގުދަނުގެ ތަޅު ހަލާކުކޮށްލައި އެތަނުގައި ހުރި އަގުބޮޑު ސާމާނުތައް ގެންދިޔަ ކަމަށެވެ.

"މިކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލްއަށް ގޮވާލަން، އަދި ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ އުފުލަންވާނެ،" ޓްވީޓުގައިވެ އެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން މިނިސްޓަރު މަހުލޫފް "އަދަދު" އަށް ވިދާޅުވީ ގުދަން ހުސްކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެ ތަން ހުސް ކުރަން ފަށާފައިވަނީ އެ މިނިސްޓްރީއަށް އެނގުމެއް ނެތި ކަމަށެވެ.

"މިއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް، ސަރުކާރުގެ މިނިސްޓްރީއެއްގެ ބިމެއްގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށް އެ ތަޅު ބަދަލުކުރުން. އަދި އެއަށް ފަހު މުދާ ގެންދިޔުން،" މަހުލޫފް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ހުސްކުރަން މަސައްކަތް ކޮށްފައިވަނީ މާލޭ ހިޔާ ބިމުގައި ކުރިން ރުމާލު 2 ޖަގަހަ ހިންގި ތަނުގައި ހުރި ގުދަނެކެވެ.

ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ވެހިކަލްތައް ބޭނުންކޮށް ގެން އެ ގުދަން ހުސްކުރުމުގެ މަސައްކަތް ރޭ ދަންވަރު ކުރަމުން ދަނިކޮށް އެ ކަން ހުއްޓުވީ ފުލުހުންނެވެ.

މިކަމާ ގުޅޭ ގޮތުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ "އެކަން ބަލަމުން މިދަނީ" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox