މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެއަށް އެތެރެކުރުން މަނާ ބާވަތުގެ ފަސް ލައްކައަށް ވުރެ ޕްލާސްޓިކް ކޮތަޅު ނައްތާލައިފި އެވެ.
ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނައްތާލާފައިވަނީ ރާއްޖެއަށް އެތެރެކުރުން މަނާ ޕްލާސްޓިކްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ބާވަތްތަކެއް ކަމަށެވެ.
ކުޅުދުއްފުށީ ކަސްޓަމްސް އިން ހިފެހެއްޓި މި ތަކެތި ނައްތާލާފައިވަނީ އެ ރަށުގެ ކުނި ނައްތާލާ ސަރަހައްދުގަ އެވެ.
ކަސްޓަމްސް އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މަހުގެ 16 ވަނަ ދުވަހު ވަނީ އެކި ސައިޒުގެ ޖުމްލަ 535،000 ޕްލާސްޓިކް ކޮތަޅު އެ ރަށުން ނައްތާލާއިފަ އެވެ.
އަދި، މި އަހަރު މިހާތަނަށް ކުޅުދުއްފުށީ ކަސްޓަމްސްއިން ޖުމްލަ 5،018،500 ޕްލާސްޓިކް ކޮތަޅު ނައްތާލާފައިވާ ކަމަށް ބުނެފައިވެ އެވެ.













