ޗައިނާއިން މާލެއަށް ހަދިޔާކުރި "ސްމާޓު" މަގުބައްތިތައް ޖެހުން އިފްތިތާހުކޮށްފި

ޗައިނާގެ ޔުނާން ޕްރޮވިންސުން މާލެ ސިޓީއަށް ހަދިޔާކުރި މަގުބައްތިތައް ޖެހުން އިފްތިތާހުކުރުމުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޗައިނާގެ ޔުނާން ޕްރޮވިންސުން މާލެ ސިޓީއަށް ހަދިޔާކުރި މަގުބައްތިތައް ޖެހުން އިފްތިތާހުކުރުމުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޗައިނާގެ ޔުނާން ޕްރޮވިންސުން މާލެ ސިޓީ ކައުންސިލަށް ހަދިޔާކުރި 'ސްމާޓް ސިޓީ ލައިޓްސް' މާލޭގެ މަގުތަކުގައި ޖެހުން އިފްތިތާހުކޮށްފި އެވެ.

މިއަދު މާލޭގައި ހުންނަ ޗައިނާގެ އެމްބަސީ ކުރިމަތީގައި މިކަމަށް ބޭއްވި ހާއްސަ ހަފުލާއެއްގައި މި މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވެންގް ލިޒިން އެވެ.

މި ހަފުލާއަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ މި މަޝްރޫއަކީ މާލެ ސިޓީ ކައުންސިލްގެ މި އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ޑިޖިޓަލް މާލެ ސިޓީގެ އަމާޒު ހާސިލް ކުރުމަށް ފެށިގެންދިޔަ މުހިންމު މަޝްރޫއެއް ކަމަށެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ޗައިނާގެ ސަފީރާ ބައްދަލުކޮށް މި ޕްލޭން ހާސިލްކުރުމަށް ޗައިނާ ސަރުކާރުގެ އެހީއަށް އެދުމުން، މާލެ ސިޓީ އާއި "ސިސްޓާ ސިޓީ" ގެ ގުޅުން މިހާރުވެސް އޮތް ޔުނާން ސިޓީ ޕްރޮވިންސާ އެކު މި މަޝްރޫއު ހިންގުމަށް މަގުފަހިކޮށްދެއްވި ކަމަށެވެ.

"މިއީ ޔުނާން ޕްރޮވިންސުން އަޅުގަނޑުމެންނަށް ދިން ހަދިޔާއެއް، ދެން މިވަގުތު އެބޭފުޅުންގެ ބަޖެޓު ހުރި ގޮތުން ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ދީފައި މިވަނީ ދިހަ ޕޯލް، އެ ދިހަ ޕޯލް އަޅުގަނޑުމެން ޖަހަން މި ނިންމީ މި (ބޮޑުތަކުރުފާނު މަގުގެ އާޓިފިޝަލް ބީޗު ސަރަހައްދު) މަގުގައި،" މުއިއްޒު ވިދާޅުވި އެވެ.

ޗައިނާއިން ހަދިޔާކުރި ޒަމާނީ މަގުބައްތިއެއް މާލޭގެ މަގެއްގައި ހަރުކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ޗައިނާއިން ހަދިޔާކުރި ޒަމާނީ މަގުބައްތިއެއް މާލޭގެ މަގެއްގައި ހަރުކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޗައިނާއިން ހަދިޔާކުރި ޒަމާނީ މަގުބައްތިއެއް މާލޭގެ މަގެއްގައި ހަރުކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެ 10 ބައްތި އެ ސަރަހައްދުގައި ޖެހުމަށް ނިންމީ އެއީ ގިނަ މީހުން ދަތުރުކުރާ އަދި ގިނަ މީހުންނަށް ފެންނާނެ ސަރަހައްދަކަށް ވާތީ ކަމަށެވެ. އޭގެ އިތުރުން އެތެރޭގެ މަގުތަކުގައި އެ އަދަދުން ލައިޓު ޖެހުން އެކަށީގެން ނުވާކަންވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ޗައިނާގެ ޔުއާން ޕްރޮވިންސުން ހަދިޔާކުރި މި ބައްތިތަކަކީ ޒަމާނީ ގިނަ އާލާތްތައް އެކުލެވޭ ބައްތިތަކެކެވެ. އެގޮތުން ބައްތީގެ އިތުރުން، އަރިމަތީގައި ލެޑު ލައިޓު އަދި ފަހަތުގައި ލެޑު ޑިސްޕްލޭއެއް ހިމެނޭއިރު، ހިލޭ ވައިފައި ދޫކުރެވޭ ރައުޓަރަކާއި ސެކިއުރިޓީ ކެމެރާވެސް މި ބައްތީގައި ހިމެނެ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ ކެމެރާތަކުން ރެކޯޑުކުރެވޭ ފުޓޭޖުތައް މިހާރުވެސް ކައުންސިލުން ބޭނުންކުރަމުންދާ ސިސްޓަމަށް ރައްކާކުރެވޭނެ ކަމަށާއި ފުލުހުން ނުވަތަ ތަހުގީގީ އެހެން އިދާރާއަކުން އެ ފުޓޭޖު ބޭނުންވެއްޖެ ހާލަތެއްގައި އެކަން ކައުންސިލުން ހަމަޖައްސައިދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox