ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިދާރާތަކުގެ ކުންޏަށް ނަގާ އަގު ވެމްކޯއިން ބޮޑުކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިދާރާތަކުގެ ކުންޏަށް ނަގާ އަގު ވެމްކޯއިން ބޮޑުކޮށްފި

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުން ކުނި ނެގުމަށް މިހާރު ނަގަމުންދާ އަގު ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބޮޑުކޮށްފި އެވެ.

ވެމްކޯއިން މިކަން ހާމަކޮށްފައިވަނީ މިއަދު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ އެ ކުންފުނީގެ އާ ފީ ސްޓްރަކްޗާ ގާއިމުވެގެން ދިޔަ އިރު އަގު ބޮޑުކޮށްފައިވާނީ ހަމައެކަނި ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކަށް ދޭ ހިދުމަތުން ކަމަށެވެ.

މީގެ އިތުރުން ސިރާޖް ވިދާޅުވީ އާ ސްޓްރަކްޗާގެ ދަށުން ގޭބިސީތަކުން އަދި އަމިއްލަ ވިޔަފާރިތަކުން ނަގާ އަގަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ޕިކަޕް ސާވިސް އިން ނަގާ އަގަށްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ބަދަލު ގެނެވިފައި މިވަނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، އެގޮތުން އިދާރާތަކަށް އަލަށް ކަނޑައެޅި ރޭޓަކީ 1.25ރ، ކުންފުނިތަކަށް ކަނޑައެޅި ރޭޓަކީ ކިލޯއަކަށް 2.25ރ، އޭގެ އިތުރުން އަމިއްލަ ފަރާތްތަކުން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންނަ ކުންޏަށް އަލަށް ކަނޑައެޅުނު ރޭޓަކީ 1.06ރ،" ސިރާޖް ވިދާޅުވި އެވެ.

މީގެއިތުރުން މި ސްޓަރްކްޗާ އާއެކު އަންނަ އެޕްރީލް މަހުން ފެށިގެން ވެމްކޯއަށް ދައްކަންޖެހޭ މަހު ފީ ކަރަންޓު ބިލާ އެއްކޮށްލެވޭނެ ކަމަށްވެސް ސިރާޖް ވިދާޅުވި އެވެ. މިގޮތަށް ބިލް އެއްްކޮށްލުމުން މާލެ ސަރަހައްދުގެ ގޭބިސީތަކުން މަހަކު ކުނި ބިލުގެ ގޮތުގައި 7.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ސިރާޖް ވިދާޅުވި އެވެ.

ކުނި މެނޭޖު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަގުސަދުގައި ވެމްކޯ އުފެއްދީ މީގެ ހަތް އަހަރު ކުރިން އޭރުގެ ސަރުކާރުންނެވެ. އޭރު ބިލުތަކުގެ އޮނިގަނޑު އެކުލަވާލާފައި އޮތް ގޮތުންނާއި އެ ކުންފުނީގައި ގޭބިސީތައް ރެޖިސްޓާ ކުރުމަށް އެއްވެސް މަޖުބޫރު ކަމެއް ނެތުމުގެ ސަބަބުން މިއަދާ ހަމައަށް ވެސް އެ ކުންފުނީގައި ރެޖިސްޓާ ކޮށްފައި ވަނީ މާލޭގެ ގެބިސީތަކުގެ ގާތްގަނޑަކަށް 35 އިންސައްތަ އެވެ.

އެހެންނަމަވެސް ވެމްކޯގައި ރެޖިސްޓާ ނުކުރާ ގޭބިސީތަކުން އުފައްދާ ކުނި ވެސް އެ ގޭގެއިން މަގުމައްޗަށް ނެރެ އެވެ. މަލޭގެ އާބާދީގެ މަދު ބަޔަކު ފިޔަވައި ގިނަ ގޭބިސީތަކުން މިއަދާ ހަމައަށް ވެސް ކުނި އުކަމުން ދަނީ އެއްވެސް ފައިސާއެއް ނުދައްކަ އެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކަރަންޓު ބިލާއި ވެމްކޯގެ ބިލު އެއްކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަރަމަންޓު މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާއިރު، އެ ދެ ބިލު އެއްކޮށްލުމުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ވެމްކޯއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox