ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި އެޗްޑީސީއިން ނަގަނީ

ތިލަފުށި ފަޅު: އެ ސަރަހައްދުގައި ދޫވެފައި ހުރި ތަކެތި ނެގުމުގެ ބާރު އެޗްޑީސީއަށް ލިބިދޭ އުސޫލެއް ވަނީ އާންމުކޮށްފައި - ފޮޓޯ: ފައިލް

ތިލަފުށި ފަޅު: އެ ސަރަހައްދުގައި ދޫވެފައި ހުރި ތަކެތި ނެގުމުގެ ބާރު އެޗްޑީސީއަށް ލިބިދޭ އުސޫލެއް ވަނީ އާންމުކޮށްފައި - ފޮޓޯ: ފައިލް

ތިލަފުއްޓާއި ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުތަކާއި ތަކެތި އެތަނުން ނެގުމަށް އަމަލުކުރާނެ އުސޫލެއް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާންކޮށްފި އެވެ.

އެޗްޑީސީއިން ބުނި ގޮތުގައި މި އުސޫލުގެ ބޭނުމަކީ އެ ދެ ރަށުގެ ފަޅުގެ ސަރަހައްދުގައި އުސޫލެއް ނެތި ދޫކޮށްލާފައި ހުރި ތަކެއްޗާއި އުޅަނދުތަކުގެ ސަބަބުން ދެ ރަށް ތަރައްގީކުރުމަށް އެކުލަވާލެވިފައިވާ މާސްޓާ ޕްލޭނަށް ހުރަސް އެޅުމުގެ އިތުރުން އެ ތަކެތީގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.

މި އުސޫލުގެ ދަށުން ގުޅީފަޅާއި ތިލަފުށީގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި ބަލާނީ އެ ދެ ރަށުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ، ވިލުތަކާއި ގިރިތައް ހިމެނޭހެން ކަނޑާއި ގުޅިފައިވާ ކަނޑު ކަމުގައި ނުބެލެވޭ ސަރަހައްދުތަކެވެ.

އެޗްޑީސީއިން އިތުރަށް ބުނެފައިވާ ގޮތުގައި ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދު ނޫނީ ތަކެތި ކަމުގައި ބެލޭނީ އެ އެއްޗެއް ހުރި ނުވަތަ އޮތް ހާލަތައް ބެލުމަށްފަހު އޭގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ނުވަތަ ހިންގާ މަޝްރޫއަކަށް ދަތިވާނަމަ ނުވަތަ އެ އެއްޗެއްގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ގެއްލުންވާނަމަ އެވެ.

އަދި، ހުންނަންޖެހޭ ގޮތް ނޫނީ ބާއްވަންޖެހޭގޮތް ނޫން އެހެން ގޮތަކަށް ފަޅުތެރޭގައި ދޫވެފައި ހުންނަ ނުވަތަ ފަޅުތެރެއަށް ފެތިފައި ހުންނަ ތަކެތިވެސް މި އުސޫލުގެ ދަށުން ފަޅުތެރެއަށް ދޫވެފައިވާ އެއްޗެހި ކަމަށް ބެލެވޭނެ އެވެ.

އުސޫލުގައި ބުނެފައިވާގޮތުން ދޫކޮށްލެވިފައިވާ އެއްޗެއް ކަމަށް ކަނޑައެޅުމަށްފަހުވެސް ވަކި މުއްދަތަކަށް އެ އެއްޗެއް އެތަނެއްގައި ބޭއްވުމަށް އެޗްޑީސީއިން ހުއްދަ ދެވޭނެ ކަމަށެވެ.

އުސޫލުގައި އިތުރަށް ބުނެފައިވަނީ، ހުއްދަ ނުހޯދާ ތަކެތި އެތަނުން ނެގުމަށް، ތަކެތި އޮތް ހާލަތަށް ބަލާ ހަތް ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތެއް ދެވޭނެ ކަމަށާއި ވެރިފަރާތެއް ނޭނގޭ އެއްޗެހީގެ ވެރިއެއް ހޯދުމަށްވެސް 30 ދުވަހުގެ އިއުލާނެއް ކުރެވޭނެ ކަމަށެވެ.

މި މުއްދަގައި ނުނަގާ އަދި ވެރިފަރާތެއް ނުނަގާ ތަކެތި އެ ތަނުން ނަގައި، ނައްތާލުމުގެ ނުވަތަ ބީލަމުގައި ވިއްކާލުމުގެ ބާރު މި އުސޫލުގެ ދަށުން އެޗްޑީސީއަށް ވަނީ ލިބިދީފަ އެވެ. އަދި، މިހެން ނައްތާލެވޭ ނުވަތަ ވިއްކާލެވޭ ކޮންމެ އެއްޗަކާމެދު ކަންކުރި ގޮތުގެ ތަފުސީލީ ރިޕޯޓެއް އެޗްޑީސީއިން ތައްޔާރުކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox