ގިނަ ބަޔަކު ފައިސާ ނުދައްކާތީ ވެކްމޯގެ ފީ އެންމެފަހުން ކަރަންޓު ބިލުގައި ހިިމަނަން ނިންމައިފި

Mar 9, 2023, 3:37 PM
ކުނިތަކެއް އުކާލުމަށް ތައްޔާރުކޮށްފައި: ކަރަންޓު ބިލުގައި ކުނީގެ ފީ ހިމަނަނީ އަންނަ މަހުން ފެށިގެން -- ފޮޓޯ: އަދަދު ފައިލް

ކުނިތަކެއް އުކާލުމަށް ތައްޔާރުކޮށްފައި: ކަރަންޓު ބިލުގައި ކުނީގެ ފީ ހިމަނަނީ އަންނަ މަހުން ފެށިގެން -- ފޮޓޯ: އަދަދު ފައިލް

ކުނި އުކުމަށް މާލޭގެ ގިނަ ގޭބީސީތަކުން ފައިސާ ނުދައްކާތީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ދައްކަންޖެހޭ ފީ ކަރަންޓުގައި ބިލުގައި ހިމަނައިގެން ނެގުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި 53,690 ގޭބީސީ ހުންނައިރު ފީ ދައްކަނީ އެންމެ 20،000 ގޭބީސީން ކަމަށެވެ. އެހެންކަމުން ކުނި އުކުމުގެ ފީ 63 ޕަސެންޓުން ގޭބީސީން ނުދައްކަ އެވެ.

"އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތްދިނުމަށާއި ކުނި މެނޭޖްކުރުމަށް މި ގެނެވޭ ބޮޑެތި ބަދަލުތަކުގެ ހަރަދު ބެލެހެއްޓޭނީ ހިދުމަތް ހޯއްދަވާ ހުރިހާ ފަރާތަކުންވެސް ވެމްކޯއަށް ފީ ދައްކަވައިގެންކަމުގައިވާތީވެ، އެންމެ ފަސޭހައިން، ހަރަދުކުޑަކޮށް މި ފީ ލިބިގަނެވޭނެ ގޮތަކީ އާންމު ބޭނުންތަކުގެ އެހެން ހިދުމަތެއްގެ ބިލުގައި ހިމަނާއިގެން ފީ ކަލެކްޓްކުރުން،" ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފައި ވަނީ ވެމްކޯގެ ފީ އާންމު ހިދުމަތް ދޭ އެހެން ތަނެއްގެ ބިލުގައި ހިމަނައިގެން ނެގުން ގާނޫނުން ހުއްދަ ދޭ ކަމަށެވެ.

"އެހެންކަމުން ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ހިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނައިގެން ނެގުމަށް ވަނީ މިހާރު ނިންމާފަ،" އެ ބަޔާނުގައިވެ އެވެ. "ވީމާ، ވެމްކޯ އިން މާލެ ސަރަހައްދުގައި ދެމުންގެންދާ ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓެލްކޯގެ ބިލުގައި ހިމަނައިގެން 1 އޭޕްރީލް 2023 އިންފެށިގެން ނެގުމަށް ވެމްކޯއަށް ހުއްދަ ދީފައިވާތީ އެކަން އެއްމެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ދެންނެވީން."

ވެމްކޯއަށް ދައްކަންޖެހޭ ފީ ކަރަންޓު ބިލުގައި ހިމެނުމަށް ގަސްދުކުރައްވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ ކުނި އުކުމަށް ދައްކަންޖެހޭ ފައިސާ ސްޓެލްކޯގެ ބިލުގައި ހިމަނަނީ އެއީ އެންމެ ބަރާބަރަށް ގިނަ ބަޔަކު ދައްކަމުން އަންނަ ބިލު ކަމަށްވާތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox