ފުވައްމުލަކުގައި ޑައިވްކުރަން ފީއެއް ނެގުމުގެ ވިސްނުން

ފުވައްމުލަކުގައި ޑައިވަރަކު ޓައިގާ ޝާކާއެކު ޑައިވް ކުރަނީ؛ ޑައިވްކުރަން ފީއެއް ނެގުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ -- ފޮޓޯ: ފުވައްމުލައް ޑައިވް ސްކޫލް

ފުވައްމުލަކުގައި ޑައިވަރަކު ޓައިގާ ޝާކާއެކު ޑައިވް ކުރަނީ؛ ޑައިވްކުރަން ފީއެއް ނެގުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ -- ފޮޓޯ: ފުވައްމުލައް ޑައިވް ސްކޫލް

ފުވައްމުލަކުގެ އިހްތިސާސްގެ ތެރޭގައި ޑައިވް ކުރާނަމަ، ފީއެއް ނެގުމުގެ ވިސްނުން ގެންގުޅޭ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފި އެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު "އަދަދު" އަށް ވިދާޅުވީ، ކައުންސިލުގެ ވިސްނުން ހުރީ ރަށުގެ އިހްތިސާސްގެ ތެރޭގައި ޑައިވް ކުރާނަމަ ފީއެއް ނެގުން ކަމަށާއި، އެކަމަކު ބަޔޮސްފިއާ ރިޒާވްގައި ޑައިވްކުރާނަމަ ފީއެއް ނެގެން ނެތް ކަމަށެވެ.

ފުވައްމުލަކު ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ރަށުގެ ބޮޑުބައެއް ހިމެނޭއިރު އެއީ ޗަކަބިން ސަރަހައްދުތަކާއި، ކަނޑުގެ ވަކި ސަރަހައްދެއް ވެސް ހިމެނޭ ގޮތަށެވެ. ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ހިމެނޭ ފުވައްމުލަކު ނޭޗާ ޕާކުން މިހާރުވެސް ދަނީ ވަކި ވަރެއްގެ ފީއެއް ނަގަމުންނެވެ.

"ޑައިވިން އަށް ބަލާއިރު، ރަށުގެ ގިނައިން ޑައިވް ކުރާ ސަރަހައްދަކީ ބަޔޮސްފިއާ ރިޒާވުގެ ޕްރޮޓެކްޓެޑް އޭރިއާއެއް ނޫން. އެއީ ބަނދަރު ކުރިމަތީގައި އޮންނަ ސަރަހައްދު. އެހެންކަމުން ބަޔޮސްފިއާ ރިޒާވް ބޭނުންކުރާތީއޭ ކިޔާފަ ފީއެއް ނެގޭކަށް ނެތް،" މޭޔަރު ވިދާޅުވި އެވެ.

ބަޔޮސްފިއާ ރިޒާވު ބޭނުންކުރާނަމަ ޑައިވަރުންގެ އަތުން ފީއެއް ނެގެން ނެތް ނަމަވެސް، ކައުންސިލުން ޑައިވް ސްކޫލުތަކާ މަޝްވަރާކުރުމަށްފަހު ރަށުގެ ވަށައިގެން ޑައިވް ކުރާނަމަ ފީއެއް ނަގަން ވާހަކަ ދެކެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަފީގު އިތުރަށް ވިދާޅުވީ އުއްމީދަކީ އެކަމާ ގުޅޭ އުސޫލެއް ހެދުމަށްފަހު އަންނަ ސީޒަނުގައި ފީ ނަގަން ފެށުން ކަމަށެވެ.

އެގޮތުން، މޭޔަރު ވިދާޅުވި ގޮތުގައި އަންނަ ސީޒަން ފެށުމުގެ ކުރިން އުސޫލު އާންމު ކުރާނެ އެވެ. އަދި އެކަން ކުރިއަށް ދަނީ ޑައިވް ސްކޫލުތަކާއި، ސްޓޭކްހޯލްޑަރުންނާ ވަރަށް ބޮޑަށް ވާހަކަދެކެވިގެން ކަމަށެވެ.

"ރަށުގެ އިހުތިސާސްގެ ތެރޭގައި ޑައިވް ކުރާނަމަ ފީއެއް ނެގިގެން ދާނެ. ރަށުގެ އިންހައުސް ގެސްޓުން ވިޔަސް، ސަފާރީގައި އަންނަ ބަޔަކަށް ވިޔަސް ޑައިވް ކުރާނަމަ ފީއެއް ނަގާނެ،" މޭޔަރު ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރުގައި ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ "ހަނިފަރު ބޭ" އަށް ޑައިވް ކުރާނަމަ އެކަމަށް ފީއެއް ނަގަ އެވެ.

އެގޮތުން، ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި އަހަރީ ފީއެއް ނެގުމުގެ އިތުރަށް ހަނިފަރަށް ޒިޔާރަތްކުރާ ކޮންމެ ފަހަރަކު ބޮލަކަށް ވެސް ވަކި ފީއެއް ނަގަ އެވެ. މެއި މަހާއި ނޮވެމްބަރު މަހާ ދެމެދު ހަނިފަރަށް ޒިޔާރަތްކުރާނަމަ ނަގަނީ 310ރ. އެވެ. އަދި ޑިސެމްބަރުން އޭޕްރީލްއާ ދެމެދު އެ ސަރަހައްދަށް ޒިޔާރަތްކުރާނަމަ ނަގަނީ 155ރ. އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox