ރޯދައަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި މާރުކޭޓެއް ހުޅުވަނީ

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މީގެ ކުރިން ހިންގަމުން އައި ވިޔަފާރިއެއް؛ ރޯދައަށް ވަނީ މާރުކޭޓެއް ހުޅުވަން ނިންމާފައި-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މީގެ ކުރިން ހިންގަމުން އައި ވިޔަފާރިއެއް؛ ރޯދައަށް ވަނީ މާރުކޭޓެއް ހުޅުވަން ނިންމާފައި-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހެދުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މާރުކޭޓުން 18 ގޮޅިއެއް ދޫކުރުމަށް ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން ނުވަ ގޮޅި ދޫކުރާނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކަމަށެވެ.

ބާކީ ނުވަ ގޮޅި ދޫކުރާނީ އާންމުކޮށް އިއުލާނުކޮށްގެން ކަމަށް ބުނެފައިވެ އެވެ.

ރޯދަ މަހަކީ މުދަލަށް ޑިމާންޑު ބޮޑު ދުވަސްވަރަކަށް ވާތީ މާލޭ ސިޓީ ކައުންސިލުން އެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް އެޅުމަށް ވެސް ބިން ދޫކޮށްފައިވާ ކަމަށް އެޗްޑީސިން ބުނެފައިވެ އެވެ.

މީގެ އިތުރުން އެސްޓީއޯގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވިނަރެސް ކޮމާޝަލް ޔުނިޓެއް ވެސް ދޫކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.

ވިނަރެސް ފްލެޓުގެ ތިރީގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ އެ ފިހާރަ އަންނަ މަހުގެ ނިޔަލަށް ހުޅުވޭވަރު ވާނެ ކަމަށް އެސްޓީއޯއިން ވަނީ ލަފާ ކޮށްފަ އެވެ.

އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ހުރިހާ ބާވަތެއްގެ މުދާ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް އެ ފިހާރައިން ގަންނަން ލިބޭނެ އެވެ. އަދި ރޯދަމަހަށް ހާއްސަކޮށް އެ ކުންފުނިން އެތެރެ ކުރާ ފިޔާ، އަލުވި، ބިސް ވެސް އެ ފިހާރައިން ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox