ހުޅުމާލެއިން އެފްޑީސީއަށް 17 ބިމެއް ވިއްކީ 4،000 ހައުސިން ޔުނިޓުގެ މަޝްރޫއުއަށް

ހުޅުމާލޭގެ ފޭސް 2ގެ މަތިން ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ހުޅުމާލޭގެ ފޭސް 2ގެ މަތިން ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ 17 ބިމެއް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ވިއްކާފައި ވަނީ ސަރުކާރުން ކުރިއަށްގެންދާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން 4،000 ހައުސިން ޔުނިޓު އެޅުމަށް ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެ ބިންތައް ވިއްކިކަން އެނގުނީ އެ މުއާމަލަތަކީ ސައްހަ މުއާމަލާތެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް އެޗްޑީސީން ހުށަހެޅި މައްސަލައިގެ ޝަރީއަތް ނިމުނުގެ ގޮތުގެ ރިޕޯޓް އެ ކޯޓުން އާންމުކުރުމުންނެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން، އެ 17 ބިމުގައި ޖުމްލަ 552،429.91 އަކަފޫޓު ހުރެ އެވެ. އަދި އެ ބިންތަކަށް ޖުމުލަ 878،363،556.90ރ. ފިނޭންސް މިނިސްޓްރީން ވަނީ ދައްކައިފަ އެވެ.

މިއީ 4،000 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް ހިންގުމަށް އެޗްޑީސީ އާއި އެފްޑީސީ އިތުރުން ފިނޭންސް މިނިސްޓްރީން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ވިއްކި ބިންތަކެއް ކަމަށް އެޗްޑީސީން ހާމަކޮށްފައިވެ އެވެ.

މި ބިންތަކަށް މިހާރު ސަރުކާރުން ފައިސާ ދައްކައި ހަލާސްކޮށްފައިވުމާ އެކު، ކޯޓު މެދުވެރިކޮށް ބިންތަކުގެ މިލްކުވެރިކަން މިހާރު ބަދަލުކޮށްފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމަށާއި އެހެނިހެން އުމްރާނީ ހަރަދުތައް ކޮށްފައިވަނީ އެ ކުންފުނިން ލޯނު ނަގައިގެން ކަމަށް ވުމާއެކު، އެކި ބޭނުމަށް ވިއްކި ބިމަށް އަގު ކަނޑައެޅިފައިވާ ކަމަށެވެ.

އަދި އެފްޑީސީއަށް ދޫކޮށްފައިވާ ބިންތަކަކީ ސޯޝަލް ހައުސިން އަށް ދޫކުރި ބިންތަކެއްކަމުން، ބިމުގެ އަގު ކަނޑައަޅާފައިވާނީ އާންމުންނަށް ހައުސިން ޔުނިޓުތައް ދޫކުރުމުގައި ލުއި އަގުތަކެއް ހަމަޖެއްސޭނެ ގޮތަށް ބަލައިގެން ކަމަށް ވެސް ބުނެފައިވެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ދިވެހިރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ސަރުކާރުން ފެބްރުއަރީ 2019 ގައި އުފެއްދި ކުންފުންޏެކެވެ.

އޭގެ ފަހުން، އެ ކޯޕަރޭޝަނުން ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަޝްރޫއު ކުރިއަށްގެންދިޔުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ކްރެޑިޓް ފެސިލިޓީއެއް ވަނީ ނަގާފަ އެވެ.

އެއީ 227 މިލިއަން ޑޮލަރުގެ ފެސިލިޓީ އެކެވެ. މިފެސިލިޓީގެ ދަށުން އެކޯޕަރޭޝަނަށް ދޫކޮށްފައި ވަނީ ދެ ލޯނެކެވެ. އެއީ 110.5 މިލިއަން ޑޮލަރުގެ ލޯނަކާއި 116.45 މިލިއަން ޑޮލަރުގެ ލޯނެކެވެ.

އެ ހައުސިން ޔުނިޓްތައް އިމާރާތްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏަކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox