ކުންޏާއި ކަރަންޓު ބިލު އަންނަ މަހު އެއްކޮށްލެވޭތޯ މަސައްކަތް ކުރަނީ

ވެމްކޯގެ ކުނި ލޮރީއެއް. އެ ކުންފުނީގެ ހިދުމަތް ގިނަ މީހުން ހޯދަނީ ފައިސާ ނުދައްކާ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވެމްކޯގެ ކުނި ލޮރީއެއް. އެ ކުންފުނީގެ ހިދުމަތް ގިނަ މީހުން ހޯދަނީ ފައިސާ ނުދައްކާ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވެމްކޯގެ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލުމުގެ މަސައްކަތް އަންނަ މާޗު މަހަށް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޔޫސުފް ސިރާޖު މި ނޫހަށް ވިދާޅުވީ، ދެ ކުންފުނީގެ ބިލު އެއްކޮށްލުމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެކަމުގައި ގޮތެއް ނިންމާނީ މަޝްވަރާ ކުރުމަށްފަހު، ދެ ކުންފުނިން ވެސް ބޭނުންވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން، ވެމްކޯގެ ބިލުތަކުގެ އޮނިގަނޑު އަލުން އެކުލަވާލައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފީގެ ގޮތުގައި އެ ކުންފުނިން މިހާރު ނަގަމުންދާ އަގަކީ މަސައްކަތް ކުރުމަށް ހިނގާނެ ހަރަދުތައް ބަލައިގެން އެކުލަވާލައިފައި އޮތް އޮނިގަނޑެއް ނޫން ކަމަށް ސިރާޖު ވިދާޅުވި އެވެ.

"އޭރު އެކަން ކޮށްފައި އޮތީ މަސައްކަތް ކުރުމަށް ދާނެ ހަރަދަށް ބަލައިގެނެއް ނޫން، އެކަމަކު ބިލުތައް ރީސްޓްރަކްޗާ ކުރިޔަސް ގޭބިސީތަކުން ނަގާ ފީއަކަށް ހަމަ ޔަގީނުންވެސް ބަދަލެއް ނާންނާނެ،" އޭނާ ވިދާޅުވި އެވެ.

ކުނި މެނޭޖު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަގުސަދުގައި ވެމްކޯ އުފެއްދީ މީގެ ހަތް އަހަރު ކުރިން އޭރުގެ ސަރުކާރުންނެވެ. އޭރު ބިލުތަކުގެ އޮނިގަނޑު އެކުލަވާލައިފައި އޮތް ގޮތުންނާއި އެ ކުންފުނީގައި ގޭބިސީތައް ރެޖިސްޓާ ކުރުމަށް އެއްވެސް މަޖުބޫރު ކަމެއް ނެތުމުގެ ސަބަބުން މިއަދާ ހަމައަށް ވެސް އެ ކުންފުނީގައި ރެޖިސްޓާ ކޮށްފައި ވަނީ މާލޭގެ ގެބިސީތަކުގެ ގާތްގަނޑަކަށް 35 އިންސައްތަ އެވެ.

އެހެންނަމަވެސް ވެމްކޯގައި ރެޖިސްޓާ ނުކުރާ ގޭބިސީތަކުން އުފައްދާ ކުނި ވެސް އެ ގޭގެއިން މަގުމައްޗަށް ނެރެ އެވެ. މަލޭގެ އާބާދީގެ މަދު ބަޔަކު ފިޔަވައި ގިނަ ގޭބިސީތަކުން މިއަދާ ހަމައަށް ވެސް ކުނި އުކަމުން ދަނީ އެއްވެސް ފައިސާއެއް ނުދައްކަ އެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކަރަންޓު ބިލާއި ވެމްކޯގެ ބިލު އެއްކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަރަމަންޓު މިނިސްޓަރު، އާމިނަތު ޝައުނާ ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް ގޮސްފައި ވާއިރު، އެ ދެ ބިލު އެއްކޮށްލުމުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ވެމްކޯއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox