ބޭރު ކުންފުނިތަކަށް ތިލަފުށިން ބިން ގަނެވޭނީ އެފްޑީއައި ހުއްދަ އޮތް ނަމަ

ތިލަފުށިން 151 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވޭ، ބޭރު ކުންފުނިތަކަށް ބިން ދޫކުރަނީ އެފްޑީއައި ޕޮލިސީގެ ދަށުން ހުއްދަދީފައިވާ ކުންފުނިތަކަށް އެކަނި ކަމަށް އެޗްޑީސީން ބުނެފައިވޭ --

ތިލަފުށިން 151 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވޭ، ބޭރު ކުންފުނިތަކަށް ބިން ދޫކުރަނީ އެފްޑީއައި ޕޮލިސީގެ ދަށުން ހުއްދަދީފައިވާ ކުންފުނިތަކަށް އެކަނި ކަމަށް އެޗްޑީސީން ބުނެފައިވޭ --

ސިނާއީ ބޭނުމަށް ތިލަފުށިންް ބޭރު ކުންފުނިތަކަށް ބިންް ކުއްޔަށް ދޭނީ އެއީ ސަރުކާރުގެ ފޮރިން ޑިރެކްޓު އިންވެސްޓުމެންޓު (އެފްޑީއައި) ޕޮލިސީ ހުއްދަކުރާ ވިޔަފާރިއެއް ކުރާ ކުންފުންޏަކަށް ވާނަމަ އެކަނި ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

އެޗްޑީސީއިންް މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތިލަފުށިން ހިއްކާ ސަރަހައްދުން ބިން ގަތުމަށް ބީލަމަށް ލެވޭނީ ހަަމަައެކަނި އެފްޑީއައި ޕޮލިސީގެ ދަށުން ހުއްދަ ދެވިފައިވާ އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަަކަށް އެކަނި ކަމަށެވެ. އެފްޑީއައި ހުއްދަ އޮތްތޯ ބެލުމުގެ މަރުހަލާ ކުރިއަށް ގެންދާނީ ބީލަން ހުށަހެޅުމުން އިކޮނޮމިކް މިނިސްޓްްރީ އާ ގުޅިގެން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އަދި ޕްރޮޖެކްޓު ބޭސިސްގައި ކޮންސްޓްރަކްޝަން މަޝްރުއޫތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދެވިފައިވާ ކުންފުނިތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެޗްޑީސީއިން އިއުލާނުކޮށްފައިވާ އުސޫލުގެ ދަށުން ތިލަފުށިން ގަންނަ ބިންތައް ދިވެއްސެއް ނުވަތަ ދިވެހި ކުންފުންޏަކުން ބީލަން ކާމިޔާބުކޮށްފި ނަމަ ބިން މިލްކު ކުރެވޭނެ އެވެ. ނަމަވެސް ބޭރު މީހެއް ނުވަތަ ބޭރު ކުންފުންޏަކުން ބީލަން ކާމިޔާބުކޮށްފި ނަމަ ބިން ކުއްޔަށް ދޫކުރާނީ 99 އަހަރަށެވެ.

މިފަދަ ދިގު މުއްދަތަކަށް ތިލަފުށިން ބޭރުގެ ކުންފުނިތަކަށް ބިންް ވިއްކުމަށް ނިންމުމާއި ގުޅިގެން ގިނަ ވިޔަފާރިތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައާ ގުޅިގެން ރާއްޖޭގެ ބޮޑެތި ގިނަ ކުންފުނިތަކަކުން އެއްތަންވެ މި މައްސަލައިގެ ޝަކުވާ ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުމަށް ނިންމާފައި ވެއެވެ.

ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ 90 އިންްސައްތަ ދޫކުރަނީ ދިވެހި ވިޔަފާރިތަކަށެވެ. ބިމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ.

ސަރުކާރުން ތިލަފުށި ތަރައްގީކުރަން އެކުލަވާލި މާސްޓާ ޕްލޭނުގައިވާ ގޮތުން އިތުރު 151 ހެކްޓަރުގެ ބިން ހިއްކާ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ތިލަފުށި ކުނި މެނޭޖުކުރާ ރަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ރަށަކީ ރާއްޖޭގެ "ސިނާއީ މައި ހަބު" އަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox