މީޑިއާނެޓްގެ ހިދުމަތްތަކަށް މަހު ފީ ދެއްކުމަށް "އޮޓޯ ރިނިއުއަލް" ފީޗާ މިއަދު ތައާރަފުކޮށްފި އެވެ.
މީޑިއާނެޓް އިން ބުނީ އޮޓޯ ރިނިއުއަލް ފީޗާ މެދުވެރިކޮށް ކޮންމެ މަހެއްގެ ފީ ކަސްޓަމަރު ސެޓް ކުރާ ދުވަހެއްގައި "އޮޓޯ" އިން ދައްކާލެވޭނެ ކަމަށެވެ.
އަދި މި ފީޗާ މީޑިއާނެޓުގެ ކުއިކް ޕޭ މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
އޮޓޯ ރިނިއުއަލް ފީޗާ ތައާރަފުކޮށްފައިވަނީ މީޑިއާނެޓްގެ ކަސްޓަމަރުންނަށް އިތުރަށް ފަސޭހަކޮށްދީ، ފަސޭހަކަމާއެކު މަހު ފީ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ކަމަށް މީޑީއާނެޓް އިން މައުލޫމާތުދެ އެވެ.
މީޑިއާނެޓް އިން ބުނީ މި ފީޗާ ތައާރަފުކުރެވުމާއެކު، ކަސްޓަމަރުން މިހާރު ކޮންމެ މަހަކު މީޑިއާނެޓްގެ ބިލް ދެއްކުމަށް ކުއިކްޕޭއަށް ނުވަތަ ކަސްޓަމާ ސާވިސް ސެންޓަރަކަށް ޒިޔާރަތްކުރަން ނުޖެހޭނެ ކަމަށެެވެ.

މީޑީއާނެޓުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރެއްގައި ޒަމާނީ ހިދުމަތްތައް ފޯރުކޮށްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.












