ސަރުކާރު ހިއްސާވާ ކުންފުނިތައް ގާނޫނުގެ ތެރެއަށް ފައްތަން ގަރާރެއް ހުށަހަޅައިފި

ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އާރްޑީސީގެ މުވައްޒަފުން މަސައްކަތުގައި؛ ކުންފުނިތައް ގާނޫނެއްގެ ތެރެއަށް ފައްތަން ގަރާރެއް ވަނީ ހުށަހަޅާފައި-- ފޮޓޯ: މިރާޝް/އަދަދު

ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އާރްޑީސީގެ މުވައްޒަފުން މަސައްކަތުގައި؛ ކުންފުނިތައް ގާނޫނެއްގެ ތެރެއަށް ފައްތަން ގަރާރެއް ވަނީ ހުށަހަޅާފައި-- ފޮޓޯ: މިރާޝް/އަދަދު

ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި، ރެޖިއުލޭޓު ކުރުން ފަދަ ކަންކަން ގާނޫނެއްގެ ތެރެއަށް ފައްތަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ އިއްުޔެގެ ޖަލްސާގައި މި ގަރާރު ހުށަހަޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައިގަނޑު މަގުސަދަކީ ކުންފުނިތަކުގެ މެންޑޭޓާ އެއްގޮތަށް ވިޔަފާރިކޮށް، ނަފާ ހޯދައި، ދައުލަތަށް އިގްތިސޯދީ ފައިދާ ހޯދުން ކަމަށްވީ ނަމަވެސް، ކުންފުނިތަކުގެ ހިންގުން ދޯދިޔާވެ، ހަގީގީ މަގުސަދު ހާސިލް ނުވާ ކަމަށެވެ.

"[އެކަމުގެ ސަބަބުން] އިގްތިސޯދީ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ނޭދެވޭ އަސަރު ކުރާ ކަމާއި، އަދި ކުންފުނިތަކުގައި އުފެދި އާލާވަމުންދާ ފަސާދައިގެ އަމަލުތަކަކީ ދައުލަތް ހިންގުމުގައި ނަޒާހާތްތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތަށް ދިމާވާ ގޮންޖެހުމެއް،" ގަރާރުގައި ބުނެފައިވެ އެވެ.

ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވާ ބައެއް ކަންކަން؛

  • ކުންފުނިތަކުގެ އަދަދު ގިނަވީނަމަވެސް ދައުލަތަށް ފިސްކަން ރެވެނިއު ދަށްވުން
  • ކުންފުނިތަކުގެ މާލީ ގާބިލު ކަމަށް ނުބަލާ ޕްރޮޖެކްޓުތައް ހިންގުމާއި ހަރަދުކުރުމުގެ ސަބަބުން ފައިދާ ނުވުން
  • ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދެމާއި ވޯކިން ކެޕިޓަލް ހަރަދުތައް ދައުލަތުގެ ބަޖެޓުން ކުރަން ޖެހުން
  • ކުންފުނިތައް ކުރިއަރުވާނެ ބިޒްނަސް ޑިވޮލޮޕްމެންޓް ޕްލޭނެއް ނެތުން
  • އޭސީސީއަށް ދެވަނައަށް އެންމެ ގިނައިން ހުށަހެޅެނީ ކުންފުނިތަކުގެ މައްސަލަކަން

މީގެ އިތުރުން ކުންފުނިތަކުގެ މަގުސަދު ސާފުކޮށް ކަނޑައަޅާފައި އޮތް ނަމަވެސް، އަސާސީ ގަވައިދުގައި ކަނޑައަޅާފައި ނެތް ކަންކަން ހަވާލުކުރާކަމާއި އިދާރީ އޮނިގަނޑު އެކުލަވާލާފައިވާ ނަމަވެސް އެކަމަށް އަމަލު ނުކުރާ ކަން ފާހަގަކޮށްފައިވެ އެވެ.

"ވަޒީފާތަކަށް މީހުން ނެގުމުގައި އެއްވެސް ހިފެހެއްޓުމެއްނެތި ބައެއް ކުންފުނިތަކުން މީހުން ވަޒީފާއަށް ނަގާކަން ފާހަގަކުރެވިފައި [ވޭ]،" ގަރާރުގައި ބުނެފައިވެ އެވެ.

އަދި، ކުންފުނިތަކުން ސީއެސްއާރަށް ހަރަދުކުރާނެ އުސޫލެއް ނޯންނަ ކަން ފާހަގަކޮށް، އެއީ ކޮރަަޕްޝަނަށް މަގުފަހިވާނޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

މި ސަބަބުތަކަށް ޓަކައި ކުންފުނިތައް ރެޖިއުލޭޓު ކުރެވޭނެ ގާނޫނެއް އުފެދުމުގެ ކަންކަން ތަރުތީބުކޮށް އިންތިޒާމު ކުރުމަށް ގަރާރުގައި ވަނީ ގޮވައިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox