މިދިޔަ މަހު އެކަނި ޑެންްގޫ ހުމުގެ 195 ކޭސް

މިދިޔަ މަހު ޑެންގޫ ހުމާއި، ބޭރަށް ހިންގުން އަދި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވި --

މިދިޔަ މަހު ޑެންގޫ ހުމާއި، ބޭރަށް ހިންގުން އަދި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވި --

މިދިޔަ މަހު އެކަނިވެސް ޑެންގޫ ހުމުގެ 195 ކޭސް ރާއްޖެއިން ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންް ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2022 ވަނަ އަހަރުފެ ޖެނުއަރީ މަހު ފެނިފައި ވަނީ ޑެންގޫ ހުމުގެ 22 ކޭސް އެވެ.

ނަމަވެސް މިދިޔަ ޑިސެމްބަރު މަހާ އަޅާ ބަލާއިރު މިދިޔަ މަހު ޑެންގޫހުން ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު މަދެވެ. ޑިސެމްބަރު މަހު އެކަނި ވެސް 205 ކޭސް ފެނިފައި ވެއެވެ.

އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ ތަފާސް ހިސާބަށް ބަލާއިރު، މިދިޔަ ޖެނުއަރީ މަހު އެކަނި 29،307 ކޭސް ފެނިފައި ވެއެވެ. ޑިސެމްބަރު މަހު 31،334 މީހުން އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައި ވެއެވެ.

ބޭރަށް ހިންގުމުގެ ކޭސްތައް ވެސް މިދިޔަ މަހު ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު އެކަނި 3،502 މީހަކު ޑޮކްޓަރަށް ދެއްކި އެވެ. ޑިސެމްބަރު މަހު ރިޕޯޓުކޮށްފައި ވަނީ ބޭރަށް ހިންްގުމުގެ 3،362 ކޭސްއެވެ.

އެޗްޕީއޭއިން ބުނީ މި ބަލިތައް ޖެނުއަރީ މަހު އިތުރުވެފައިވީ ނަމަވެސް ހޭންޑް ފުޓް އެންޑް މައުތު ޑިޒީޒް އާއި ފާނަބަސަންދު ފަދަ ބަލިތައް އިތުރުވެފައި ނުވާ ކަމަށެވެ.

މިދިޔަ ޑިސެމްްބަރު މަހު ވަނީ ބޭރަށް ހިންގުމާއި، ލޮލު ރޯގާ ފެތުރުން އިތުރުވެދާނެތީ ސަމާލުވާން އިލްތިމާސްކޮށްފަ އެވެ. ކޮންމެ އަހަރަކުވެސް މި ދުވަސްކޮޅާ ދިމާކޮށް ފަސޭހައިން ގައިންގަޔަށް އަރާ ބަލިތައް ފެތުރުން އިތުރު ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox