މޫލީ މެދުވެރިކޮށް "ސްވީޓް ސަޕްރައިޒް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަންއެއް އުރީދޫއިން ފަށައިފި އެވެ.
މި ޕްރޮމޯޝަން މެދުވެރިކޮށް ކައިރީގައާއި ދުރުގައިތިބި އާއިލާ އާއި ރައްޓެހިން އަދި އެންމެ ލޯބިވާ މީހުންނަށް ހާއްސަ ހަދިޔާއެއް ފޮނުވާލުމަށް ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެހިސާބަކަށް ވެސް ފޮނުވާލެވޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.
މި ޕްރޮމޯޝަންގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑް ތަކާއި، ކެކްޓަސްގެ މާ ބޮކޭ އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސްގެ އިތުރުން ސްޕޭސްގެ ހާއްސަ ބްރައުނީ ހިމެނެ އެވެ.
ލޯބިވާ މީހުންނަށް މީރު ސަޕްރައިޒެއް ފޮނުވުމަށް;
- . މޫލީ ފިހާރައަށް ޒިޔާރަތްކުރުން
- . www.moolee.mv ޝޮޕް ހިޔާރުކުރުފަހު SWEET SURPRISE ނުވަތަ ބޭނުންފުޅުވާ ކެޓެގަރީއެއް ހިޔާރުކުރައްވާ
- . ބޭނުންވާ އައިޓަމް ހިޔާރުކުރުފަހު ADD TO CART އަށް ފިތާލާ.
- . ކާޓް އަށް ގޮސް ޗެކްއައުޓް ކުރޭ
- . ޑެލިވަކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖަހާ
- . އޯޑަރު ކަށަވަރު ކުރުމަށް ޕޭމަންޓް ކޮންފާމްކުރޭ
ސްވީޓް ސަޕްރައިޒް ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 15 ގެ ނިޔަލަށެވެ. މޫލީ އިން ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް މޫލީގެ ހިދުމަތްތައް ބޭނުންކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުޅިން ހިލޭ ޑެލިވާކުރެވޭނެ އެެވެ.













