މާލެ އާއި ހުޅުމާލެ ގުޅާލަދޭ ސިނަމާލެ ބްރިޖުގެ ހައިވޭގައި އިއްޔެ ހިނިގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުން "އަދަދު" އަށް ކަށަވަރު ކޮށްދިން ގޮތުގައި, އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އިއްޔެ އެމަޖެންސީގައި ފަރުވާ ދިނުމަށްފަހު މިހާރު ދަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.
އަދި އޭނާގެ ހާލު އަދިވެސް ކްރިޓިކަލް ކަމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކާރަކާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ދިވެހި ފިރިހެނަކަށެވެ. އޭނާއަކީ ސައިކަލު ދުއްވަން އިން މީހާ އެވެ.
ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.

ކަޅު ކުލައިގެ ކާރަކާއި ރަތް ކުލައިގެ ހޮންޑާ ޕީސީއެކްސް ސައިކަލެއް އެކްސިޑެންޓުވި ކަމަށް ފޮޓޯތަކުން ފެންނަ އިރު ސައިކަލުގެ ކަވަރު ސެޓު ފުނޑި، މަޑި ނެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.













