ބޭރުގެ ފަރާތްތަކަށް ތިލަފުށިން 99 އަހަރަށް ބިން ދޭތީ އެމްއެންޕީގެ ކަންބޮޑުވުން

އެމްއެންޕީގެ އިސްވެރިން؛ ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން ވިއްކާތީ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްއެންޕީގެ އިސްވެރިން؛ ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން ވިއްކާތީ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިލަފުށީގެ ސިނާއީ ސަރަހައްދުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބިން ވިއްކަން ހުޅުވާލުމަށް ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެންޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެއަކީ ރާއްޖޭގެ ސިނާއީ ހަބް ކަމަށް ވެފައި، ތިލަފުއްޓަކީ މާލޭގެ ސިނާއީ ތަރައްގީގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.

މާލޭގެ ސިނާއީ ބޭނުންތަކަށް ބިން ކަނޑައަޅާފައިވާ ސަރަހައްދަކުން، ބޭރުގެ ފަރާތްތަކަށް ބިން ވިއްކަން ހުޅުވާލުމަކީ އެކަމުގެ ނޭދެވޭ އަސަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރާނެ ކަމެއް ކަމުގައި ދެކޭ ކަމަށް ވެސް އެމްއެންޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ކޮވިޑްގެ ގެއްލުން ތަކުން ވިޔަފާރިތަކަށް މުޅިން އަރައިނުގަނެވިގެން އުޅެނިކޮށް، ދިވެހި ވިޔަފާރިވެރިންނަށް ހުރި ރައްކާތެރިކަމުގެ އުސޫލުތައް ނިގުޅައިގަތުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. އެއީ ދިވެހި އިގްތިސޯދަށާއި އަދި އާއިލާތަކުގެ މާލީ ހާލަތަށް ސީދާ ގެއްލުންވާނޭ ކަމެކެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެންޕީން ބުނީ ދިވެހިރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަކީ، ދިވެހިންނަށް އިސްކަންދޭ ސިޔާސަތުތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުން ބަދަލު ކުރަން ވަނީ ގޮވާލާފަ އެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށީ ޒޯން އޭގައި ހުރި ބިންތައް ކަމަށެވެ. ދިވެއްސެއް ނުވަތަ ދިވެހި ކުންފުންޏަކުން ބީލަން ކާމިޔާބުކޮށްފި ނަމަ ތިލަފުށިން އެ ބިން މިލްކު ކުރެވޭނެ އެވެ. ނަމަވެސް ބޭރު މީހެއް ނުވަތަ ބޭރު ކުންފުންޏަކުން ބީލަން ކާމިޔާބުކޮށްފި ނަމަ ބިން ކުއްޔަށް ދޫކުރާނީ 99 އަހަރަށެވެ.

އެޗްޑީސީން ބުނީ، ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700 ރުފިޔާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox