މާލެ ސިޓީ ކައުންސިލުން ކުނި މެނޭޖްކުރުމުގެ ސެކްޝަނެއް ހުޅުވައިފި

ވޭސްޓް މެނޭޖްމަންޓް ސެކްޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މޭޔަރު މުއިއްޒު ރިބަން ކަނޑުއްވަނީ - ފޮޓޯ: މާލެ ސިޓީ ކައުންސިލް

ވޭސްޓް މެނޭޖްމަންޓް ސެކްޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މޭޔަރު މުއިއްޒު ރިބަން ކަނޑުއްވަނީ - ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ އަދި ވިލިމާލޭގެ އާންމު ސަރަހައްދުތަކުން ކުނި ނެގުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖްމެންޓް ސެކްޝަނެއް މިއަދު ހުޅުވައިފި އެވެ.

މިއަދު ހެނދުނު މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިދެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ އެ ސެކްޝަންގެ ބޭނުމަކީ މާލެ ސަރަހައްދުން ކުނި ނަގައި އެ ކުނި މެނޭޖް ކުރުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް ބޭނުންވާ އިދާރީ މަސައްކަތްތަކަށް އިތުރު ޖާގަ ބޭނުންވާތީ، އެ ޖާގަ ހަމަޖެއްސުން ކަމަށެވެ.

"މީގެ ނަތީޖާއަކަށް ވާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކޮށް މާލެތެރެ ރީތިކޮށް ސާފުކޮށް ބޭއްވުމުގެ މަސައްކަތް ރަނގަޅަށް ގެންދިއުން،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ސާފުކޮށް ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއެކު މާލެ ސިޓީ ކައުންސިލުން ވެފައި އޮތް އެއްބަސްވުން ފަސް އަހަރަށްފަހު މި ޑިސެމްބަރު 26، ގައި ހަމަވުމުން އެ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރީ އެ ކުންފުނީގެ މަސައްކަތާ މެދު ހިތްހަމަނުޖެހިގެންނެވެ.

ކައުންސިލުން ފާހަގަ ކުރި މައިގަނޑު ދެ މައްސަލައަކީ ވެމްކޯއިން މަސައްކަތް ކުރާ އަގު ބޮޑުވުމާއި މަސައްކަތުގެ ޒިންމާ ރަނގަޅަށް އަދާނުކުރުމެވެ.

އެއާއެކު ގޭބީސީތަކުން މަގުމައްޗަށް ނެރޭ ކުނި ދެން ނުގެންދާނެ ކަމަށް ވެމްކޯއިން ބުނެފައިވާއިރު، މުޅި މާލެ ގޮނޑުވެ، އީޕީއޭއިން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އެ ފަހުން، އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އަންގަވައިގެން ވެމްކޯއިން ވެސް ކުނި ނެގުމުގެ މަސައްކަތް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox