އުރީދޫ މޯލްޑިވްސް އާއި ކިންގްސްޓަން މޯލްޑިވްސް ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލުން ހާއްސަ ޑިސްކައުންޓް ލިބޭ އޮފާއެއް އިފްތިތާހުކޮށްފި އެވެ.
އުރީދޫއިން ބުނީ، މި ޕްރޮމޯޝަންގެ މުއްދަތުގައި ކިންގްސްޓަން ޝޯރޫމުން ސްކޫޕީ 2023 މޮޑެލް ސައިކަލަކަށް، އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް 11،899 ރުފިޔާ ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
މި އޮފާ ކުރިއަށް ދާނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވާއިރު، އޮފާގެ ދަށުން ގަންނަ ސައިކަލް، ކަސްޓަމަރުނަނަށް 99 ދުވަސް ތެރޭ ކިންގްސްޓަންއިން ފޯރުކޮށްލަދޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
މީގެއިތުރުން އުރީދޫއިން ވަނީ އެފްއެސްއެމް ޕެޓްރޯލް ސްޓޭޝަންތަކުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމުން ސްކޫޕީ ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެގޮތުން މެއި މަހުގެ 14 ވަނަ ދުވަހުގެ ކުރިން އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކޮންމެ ކަސްޓަމަރެއްވެސް އޮޓަމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.
އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ މެދުވެރިކޮށް ކުރެވޭނެ އެވެ.

ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ބިލްތައް ދެއްކުމާއި، އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ފޮނުވުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ހާއްސަ އޮފާތައް ވެސް ލިބިގެންދާނެ އެވެ.













