މިލްކު ކުރެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަން ފަށަނީ

ތިލަފުށި: ތިލަފުށިން ބިން ވިއްކުމުގެ ދަށް އަގަކީ އަކަފޫޓަކަށް 1700ރ. -- ފޮޓޯ:ތިލަފުށި/އެފްބީ

ތިލަފުށި: ތިލަފުށިން ބިން ވިއްކުމުގެ ދަށް އަގަކީ އަކަފޫޓަކަށް 1700ރ. -- ފޮޓޯ:ތިލަފުށި/އެފްބީ

ސިނާއީ ބޭނުންތަކަށް ބިން މިލްކުކުރެވޭ ގޮތަށް ތިލަފުށިން ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށީ ޒޯން އޭގައި ހުރި ބިންތައް ކަމަށެވެ. ބިން ވިއްކާ އުސޫލާއި މަރުހަލާތައް އެ އިއުލާނުގައި ވެއެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން ބިން ގަތުމަށް ދިވެހިންގެ އިތުރުން ބޭރު ފަރާތްތަކަށް ވެސް ހުށަހެޅޭނެ އެވެ. ދިވެއްސެއް ނުވަތަ ދިވެހި ކުންފުންޏަކުން ބީލަން ކާމިޔާބުކޮށްފި ނަމަ ތިލަފުށިން އެ ބިން މިލްކު ކުރެވޭނެ އެވެ. ނަމަވެސް ބޭރު މީހެއް ނުވަތަ ބޭރު ކުންފުންޏަކުން ބީލަން ކާމިޔާބުކޮށްފި ނަމަ ބިން ކުއްޔަށް ދޫކުރާނީ 99 އަހަރަށެވެ.

އެޗްޑީސީން ބުނީ، ބީލަން ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700 ރުފިޔާ ކަމަށެވެ.

ބިން ވިއްކުމުގެ ފުރަތަމަ މަރުހަލާގައި ބިން ގަތުމުގެ ޝައުގުވެރިކަން ހުށަހަޅަން ހުޅުވާލާއިރު، ދެވަނަ މަރުހަލާގައި ބިމަށް ބިޑު ކުރެވޭނެ އެވެ. ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހު ހަތް ވަނަ ދުވަހު އެ ފުރުސަތު ހުޅުވާލާނެ އެވެ.

ތިލަފުށި ތަރައްގީ ތައްޔާރުކޮށްފައިވާ މާސްޓާ ޕްލޭނުގައިވާ ގޮތުން އެރަށުގައި ނުހިއްކާ ބާކީ އޮތް ބައިން އިތުރު 151 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. ލަފުއްޓަކީ ހަމައެކަނި ކުނި މެނޭޖު ކުރަން އޮންނަ ތަނެއްގެ ގޮތުގައި އޮތް އޮތުމުގެ ބަދަލުގައި އެއީ ރާއްޖޭގެ "ސިނާއީ މައި ހަބު" ކަމުގައި އެ ހެދުމަށް އެޗްޑީސީން ވަނީ ނިންމައިފަ އެވެ.

އަލަށް ހިއްކަން ނިންމާފައިވާ، ތިލަފުށީ ދެވަނަ ފިޔަވަހި ހާއްސަ ކުރާނީ މައިގަނޑު ހަ ކަމަކަށް ކަމަށް ޕްލޭނުގައިވެ އެވެ. އެއީ ޕަވާ ޕްލާންޓަކާއި، ތެޔޮ ރައްކާކުރާ ސްޓޯރޭޖުތަކާއި، އޮފީސް ހިންގުމަށް ދޫކުރާ ބިންތަކާއި، ތަނަވަސް ވިޔަފާރި ބަނދަރަކާއި، ރެކްރިއޭޝަން އަށް ހާއްސަ ބިންތަކުގެ އިތުރުން ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކުރާ ބިންތަކެވެ.

ޒަމާނާ އެއްގޮތަށް ތިލަފުށި ތަރައްގީވެގެން ދާއިރު، އެތަނުގައި މީހުންނަށް ދިރިއުޅެވޭނެ ފަދަ މާހައުލެއް ގާއިމުކޮށް މާލެ ސަރަހައްދަށް ކުރިމަތިވެފައި އޮތް ބޯހިޔާވަކިކަމުގެ މައްސަލައަށް ވެސް ހައްލު ހޯދައިދިނުމަށް ޕްލޭނުގައި ލިޔެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox