ކަސްޓަމްސްގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް އޭސީސީއާ އެކު އެއްބަސްވުމަކަށް

ކަސްޓަމްސްގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް އޭސީސީއާ އެކު އެއްބަސްވުމަކަށް

ކަސްޓަމްސް ދާއިރާގެ ނަޒާހަތްތެރިކަން ކުރިއަރުވައި، މަސައްކަތުގައި އެއްބާރުލުން ދިނުމަށް ދާއިރާތައް ކަނޑައަޅައި ގުޅިގެން މަސައްކަތް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަސްޓަމްސް ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި، އިދާރީ ހިންގުމުގެ ތެރެއިންނާއި، ހިދުމަތް ދިނުމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރާނެ އެވެ. އަދި އެފަދަ ގޮންޖެހުން ބޮޑު މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ވަކި މިސްރާބެއް ކަނޑައެޅިގެން ކުރުމަށް ވެސް އެއްބަސްވެ އެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ އެ ކޮމިޝަނުން ދައުލަތުގެ އިދާރާތަކާއެކު ސޮއިކުރާ މިފަދަ ކޮންމެ އެއްބަސްވުމަކީ ވެސް ގިނަ ދުވަސްތަކެއްގެމަތިން ކުރެވޭ މުހިންމު މަޝްވަރާތަކަކަށްފަހު އިދާރާތަކުގެ މަސައްކަތްތައް ހަލުއިކޮށް އިތުބާރުހިފޭ ފަސޭހަ ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމަށް ސޮއިކުރާ މުހިއްމު އެއްބަސްވުމެއް ކަމަށެވެ.

"އެހެންކަމުން މިފަދަ އެމްއޯޔޫތަކުގައި ސޮއިކުރުމުން އަމާޒުވާ ފާޑުކިއުންތަކަށް ބެލުމެއް ނެތި ނޫގާނުން މަތިކޮށްފައިވާ ޒިންމާތަށް އަދާކުރުމަށް ކޮންމެ މުއްސަސާއަކުންވެސް މަސައްކަތް ކުރަންޖެހޭ," އޭނާ ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަން ކުރިއަރުވައި، އެ ދާއިރާއިން އެންމެ އެދެވޭ ގޮތެއްގައި ހިދުމަތް ދިނުމުގެ ކަންކަން ބައްޓަން ކުރުމަށް އޭސީސީގެ ފަންނީ ލަފާ ކަސްޓަމްސްއަށް ލިބެމުންދާ ކަމަށެވެ. އަދި މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން އެ މަސައްކަތްތައް އިތުރު ހަރުފަތްތަކަށް ކުރިއަރައިގެން ދާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

އޭސީސީން ކަސްޓަމްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެ ކޮމިޝަނުން ދަނީ ދައުލަތުގެ އެކި އެކި މުއްސަސާތަކާއެކު ނަޒާހަތްތެރިކަން ކުރިއެރުވުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއި ކުރަމުންނެވެ. އެގޮތުން، އެ ކޮމިޝަނުން ވަނީ މި ހަފްތާ ތެރޭގައި އެިމިގްރޭޝަނާއި ޕީސީބީއާ އެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox