ސްޓެލްކޯ އިން ހުޅުމާލޭގައި ދެމުން އައި ކަސްޓަމާ ސާވިސްގެ ހިދުމަތްތައް ހުޅުމާލޭގެ އެޕޯލޯ ޓަވަރަށް ބަދަލުކޮށްފި އެވެ.
ސްޓެލްކޯ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ކުންފުނިން ހުޅުމާލޭ ގައި ކަސްޓަމާ ސާވިސް ހިދުމަތް ފޯރުކޮށްދެމުން ދިޔަ އޮފީސް އެޗްޑީސީ ބިލްޑިން އިން ހުޅުމާލޭ އެޕޯލޯ ޓަވަރަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ އޮފީހުން ދެމުން ގެންދާ ހުރިހާ ހިދުމަތެއް މާދަމާއިން ފެށިގެން ދެމުން ގެންދާނީ އެޕޯލޯ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި ހުންނަ އެ ކުންފުނީގެ އާ ކަސްޓަމާ ސަވިސް އޮފީހުން ކަމުގައިވެސް ބުނެފައިވެ އެވެ.













